Advertisement

އަލަށް އިމާރާތްކުރާ މިސްކިތްތަކުގައި ސޯލާ ޕެނަލް ހަރުކުރަންޖެހޭ ގޮތް ހަދައިފި

6 ފެބުރުވަރީ 2024 - 20:49 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އިސްލާމިކް މިނިސްޓަރު، ޑރ. މުހައްމަދު ޝަހީމް ވިދާޅުވީ މި ބަދަލާއެކު މިސްކިތްތައް އޭސީ ކުރުމަށް ފަސޭހަވެގެން ދާނެ ކަމަށް -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


އަލަށް އިމާރާތްކުރާ މިސްކިތްތަކުގައި ސޯލާ ޕެނަލް ހަރުކުރަންޖެހޭ ގޮތް ހަދައިފި

6 ފެބުރުވަރީ 2024 - 20:49 0

އަލަށް އިމާރާތްކުރާ މިސްކިތްތަކުގައި އަސާސީ ކަމެއްގެ ގޮތުން ސޯލާ ޕެނަލް ހަރުކުރުމަކީ މަޝްރޫއުގެ ބައެއްގެ ގޮތުގައި އިސްލާމިކް މިނިސްޓަރީން ހަމަޖައްސައިފި އެވެ.

އިސްލާމިކް މިނިސްޓަރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި އަހަރުން ފެށިގެން އަލަށް އިމާރާތް ކުރާ ހުރިހާ މިސްކިތެއްގެ މަސައްކަތްތައް ނިމޭއިރު، ސޯލާ ޕެނަލް ހަރު ކުރަންޖެހޭ ގޮތަށް އުސޫލު ބަދަލު ކޮށްފައިވާ ކަމަށެވެ.

"މިސްކިތް ނިމޭއިރު، ސޯލާ ޕެނަލް ހަރުކުރުމަކީ މަޝްރޫއުގެ ބައެއްގެ ގޮތުގައި މިއަހަރުން ފެށިގެން ކުރިއަށް ދާނެ، މިކަމުގެ ސަބަބުން މިސްކިތްތައް އޭސީ ކުރަން ބޮޑު ލުޔެއް ލިބިގެންދާނެ،" ޝަހީމްގެ ޕޯސްޓުގައި ބުނެފައިވެ އެވެ.

މި ސަރުކާރުން ވަނީ މިސްކިތްތައް މަރާމާތު ކުރުމާއި އާބާތުރަ ފިލުވުމަށް ކަނޑައަޅާފައިވާ ބަޖެޓު ވެސް ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ތިންގުނަ ބޮޑު ކޮށްފަ އެވެ.

މިސްކިތްތަކުގެ އާބާތުރަ ފިލުވައި ރީތިކޮށް ބޭއްވުމަށް މި ސަރުކާރުން ވަނީ 15 މިލިއަން ރުފިޔާ ހަމަޖައްސައިދީފަ އެވެ.

މިސްކިތްތަކުގައި ސޯލާ ޕެނަލް ހަރުކުރުމާ ގުޅޭގޮތުން އިތުރު މައުލޫމާތެއް ހޯދުމަށް މިނިސްޓަރަށް ގުޅުމުން ޖަވާބެއް ނުދެއްވާތީ އެކަމާ ގުޅޭ އިތުރު މައުލޫމާތެއް ނުލިބެ އެވެ.