Advertisement

ރައީސް އާއި ފަސްޓްލޭޑީ އުމްރާއަށް ފުރާވަޑައިގެންފި

10 މޭ 2024 - 12:03 0

ރައީސް މުއިއްޒު އާއި އަނބިކަނބަލުން ސާޖިދާ އުމްރާއަށް ފުރާވަޑައިގަންނަވަނީ: ރައީސް އަރިހުގައި ހަތަރު މިނިސްޓަރުން ވެސް އުމްރާއަށް ވަޑައިގަންނަވާ -- ފޮޓޯ: ރައީސް އޮފީސް


ރައީސް އާއި ފަސްޓްލޭޑީ އުމްރާއަށް ފުރާވަޑައިގެންފި

10 މޭ 2024 - 12:03 0

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނިބިކަނބަލުން ސާޖިދާ މުހައްމަދު އުމްރާގެ އަޅުކަން އަދާކުރަން މިއަދު ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މި އުމްރާ ދަތުރަކީ ސައުދީ އަރަބިއްޔާތެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ހާއްސަ މެހެމާންދާރީގައި ކުރައްވާ އުމްރާ ދަތުރެކެވެ. މި ދަތުރުގައި ރައީސްއާ އެކީ ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ވެސް ސައުދީއަށް ވަޑައިގަންނަވަ އެވެ.

އޭގެ ތެރޭގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އިސްލާމީ މަރުކަޒުގެ އިސް އިމާމު މުހައްމަދު ލަތީފާއި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒްގެ އިތުރުން ރައީސް އޮފީހުގެ ޕްރެޒިޑެންޝަލް އެފެއާޒް މިނިސްޓަރު އަލީ އާރިފާއި ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާސިރު ހިމެނިވަޑައިގަންނަވަ އެވެ.

ރައީސް އޮފީހުން އިތުރަށް ބުނީ މި ދަތުރުގައި ރައީސް އާއީ ރައީސް އަރިހުގައި ބައިވެރިވެވަޑައިގަންނަވާ އެންމެހޭ ބޭފުޅުން ސައުދީއަށް ދަތުރުކުރަނީ އެ ގައުމުގެ ސަރުކާރުން ފޮނުވި ހާއްސަ މަތިންދާބޯޓެއްގައި ކަމަށެވެ.