Advertisement

ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

ރާއްޖެއިން އުމުރާއަށް ދިއުމަށް ފުރި ބަޔަކު އެއާޕޯޓުގައި؛ އިސްލާމިކް މިނިސްޓްރީން ވަނީ އުމްރާއަށް ގެންދިއުމުގެ ހުއްދައަށް އެދުމަށް ހުޅުވާލާފައި -- ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް


ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

ރާއްޖެއިން އުމްރާއަަށް މީހުން ގެންދިއުމަށް ޝައުގުވެރިިވާ ފަރާތްތަކަށް އެކަމުގެ ހުއްދައަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އިސްލާމިކް މިނިސްޓްރީއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އުމްރާއަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ. ޕްރޮޕޯސަލް ބަލައިގަންނަން ފަށާނީ މި މަހުގެ 12 އިން ފެށިގެންނެވެ.

އުމްރާ ހުއްދައަށް އެދި ހުށަހަޅަން ޖެހޭ ޕްރޮޕޯސަލް ފޮތް މިއަދުން ފެށިގެން މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ. އުމްރާއަށް މީހުން ގެންދަން ހުއްދަ ދެނީ ދެ އަހަރުގެ މުއްދަތަށެވެ.

ރާއްޖޭން މީހުން އުމްރާއަށް ގެންދިއުމުގެ ހުއްދަ ދީފައިވަނީ 50 ކުންފުންޏަކަށެވެ. އޭގެ ތެރެއިން ހަތަރު ކުންފުންޏެއްގެ ހުއްދަ ވަނީ މިދިޔަ މާޗު މަހު ހަމަވެފަ އެވެ. އަދި ތިން ކުންފުންޏެއްގެ ހުއްދަ މި އަހަރުގެ އޮގަސްޓުގައި ހަމަވާނެ އެވެ. ބާކީ ކުންފުނިތަކުގެ ހުއްދަ ހަމަވާނީ އަންނަ އަހަރުގެ ޖޫން އަދި ނޮވެމްބަރު މަހު އެވެ.

ޕްރޮޕޯޒަލް ހުށަހަޅާ ކުންފުނިތަކުގައި ހުންނަންޖެހޭ ޝަރުތު

  • ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދައަށް އެދި ޕްރޮޕޯޒަލް ހުށަހެޅޭނީ އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލުގައިވާ ގޮތުގެ މަތީންނެވެ. އެއީ;
  • ސައްތައިން ސައްތަ ދިވެހީންގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވުން,
  • ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދައަށް އެދޭ ކުންފުނީގެ ޑިރެކްޓަރުންނަކީ، ހުއްދައަށް އެދި ހުށަހަޅާއިރު ޖިނާއީ ކުށެއްގައި ހުކުމެއް ތަންފީޒު ކުރަމުންދާ މީހެއް ކަމުގައި ނުވުން، ނުވަތަ ހުއްދައަށް އެދި ހުށަހަޅާ ތާރީހުން ފެށިގެން ވޭތުވެދިޔަ 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތުގައި އޭނާގެ މައްޗަށް ޖިނާއީ ހުކުމެއް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން، ނުވަތަ އެ މުއްދަތުގައި ޖިނާއީ ކުށްތަކުގެ ތެރެއިން ފައިސާގެ ހިޔާނާތާ ބެހޭ އެއްވެސް މައްސަލައެއްގެ ތުހުމަތު ކުރެވިފައިވާ މީހެއް ކަމުގައި ނުވުމާއި، އެ ފަދަ މައްސަލައެއް ޝަރުއީ ކޯޓެއްގައި ހިނގަމުންދާ ފަރާތެއް ކުންފުނީގެ ޑިރެކްޓަރުންގެ ގޮތުގައި ހިމެނިފައި ނުވުން,
  • ހުއްދަ ލިބުމަށް ފަހު ދަފުތަރު ކުރާ ކޮންމެ ކުންފުންޏަކުން 20،000ރ. ގެ ފީއެއް ދައްކަންޖެހެ އެވެ.