Advertisement

ރަސްގެފާނު ޗާލްްސްގެ އާލާސްކަންފުޅާ ގުޅިގެން ރައީސް މުއިއްޒުގެ ހިތްވަރުގެ މެސެޖެއް

6 ފެބުރުވަރީ 2024 - 19:52 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


ރަސްގެފާނު ޗާލްްސްގެ އާލާސްކަންފުޅާ ގުޅިގެން ރައީސް މުއިއްޒުގެ ހިތްވަރުގެ މެސެޖެއް

6 ފެބުރުވަރީ 2024 - 19:52 0

ކެންސަރުގެ ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވާ އިނގިރޭސި ރަސްގެފާނު ޗާލްސްއަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން ހިތްވަރުގެ މެސެޖެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.

ސޯޝަލްމީޑިއަ ޕްލެޓްފޯމް އެކްސްގައި ރައީސް މުއިއްޒު މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަސްގެފާނު ޗާލްސްގެ ބަލީގެ ހަބަރު އެހީ ހިތާމަޔާ އެކުގައި ކަމަށެވެ.

"އަޅުގަނޑު ޔަގީން ކުރަން އެ ހާލަތުން ރަސްގެފާނު ޗާލްސް ސާބިތުކަމާއެކު ވަރުގަދަ އަޒުމުގައި އަރައިގަންނަވާނެ ކަމަށް،" ރައީސް މުއިއްޒު ލިޔުއްވާފައިވެ އެވެ.

އެމަނިކުފާނުގެ މެސެޖުގައި ވަނީ ރަސްގެފާނު ޗާލްސް އަވަސް މުސްތަގުބަލެއްގައި ފުރިހަމަ ސިއްހަތައް އަލުން ރުޖޫއަވެވަޑައިގަތުމަށް އެދޭ ކަމަށް ވިދާޅުވެފަ އެވެ.

އިނގިރޭސި ރަސްގެފާނަށް ކެންސަރުގެ އާލާސްކަން ޖެހިވަޑައިގެންފައިވާކަން އިއުލާނު ކުރީ ބަކިންހަމް ޕެލެސްއިން ނެރުނު ނޫސް ބަޔާނެއްގަ އެވެ. އެ ބަޔާނުގައި ބުނެފައި ވަނީ ރަސްގެފާނުގެ ޕްރޮސްޓޭޓް އާލާސްކަންފުޅަށް އެޑުމިޓުކޮށްގެން ހެދި ޓެސްޓުތަކުން ކެންސަރަށް ޕޮޒިޓިވްވުމާ ގުޅިގެން ފަރުވާ ދެމުންދާ ކަމަށެވެ.

އިނގިރޭސިވިލާތާއި ކޮމަންވެލްތުގެ 14 ގައުމެއްގެ އެންމެ މަތީ ވެރިޔާ ޗާލްސް ފަރުވާ ހޯއްދަވަމުންދާ ކެންސަރުގެ ވައްތަރެއް ބަކިންހަމް ޕެލެސް އިން ހާމަ ކޮށްފައެއް ނުވެ އެވެ. ނަމަވެސް އެއީ އެމަނިކުފާނު ފަރުވާ ހޯއްދަވަމުންދާ ޕްރޮސްޓޭޓް ބަލީގެ ކެންސަރު ނޫން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޗާލްސް އާލާސްކަންފުޅާ އުޅުއްވިޔަސް ރަސްގެފާނުގެ ދައުރު އަދާކުރައްވާނެ ކަމަށާއި މިގޮތުން ރަސްމީކޮށް ކުރައްވަން ޖެހޭ ބައެއް ކަންކަން ކުރައްވާނެ ކަމަށް ބަކިންހަމް ޕެލެސްއިން ވަނީ ބުނެފަ އެވެ.