Advertisement

ޗިލީގެ ޖަންގަލުތަކުގައި ރޯވެގެން މަރުވި މީހުންގެ އަދަދު 123 އަށް އަރައިފި

7 ފެބުރުވަރީ 2024 - 06:08 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ޗިލީގެ ޖަންގަލިތަކުގައި ރޯވި އަލިފާންގަނޑު ފެތުރި މަރުވި މީހުންގެ އަދަދު 123 އަށް އެރުން -- ފޮޓޯ: ރޮއިޓާސް


ޗިލީގެ ޖަންގަލުތަކުގައި ރޯވެގެން މަރުވި މީހުންގެ އަދަދު 123 އަށް އަރައިފި

7 ފެބުރުވަރީ 2024 - 06:08 0

ޗިލީގެ ޖަންގަލިތަކުގައި ރޯވި އަލިފާންގަނޑު ފެތުރި މަރުވި މީހުންގެ އަދަދު 123 އަށް އަރައިފި އެވެ.

ޗިލީގެ ކަމާބެހޭ ފަރާތްތަކާ ހަވާލާދީ އޭޕީ އިން ބުނީ، އަލިފާން ރޯވުމުގެ ސަބަބުން މިހާތަނަށް މަރުވި މީހުންގެ އަދަދު 123 އަށް އަރާފައިވާއިރު، 300 އަށްވުރެ ގިނަ މީހުން ގެއްލިގެން މިހާރުވެސް ހޯދަމުންދާ ކަމަށެވެ.

ޗިލީގެ ރައީސް ގެބްރިއެލް ބޮރިކް ވިދާޅުވީ، ޖަންގަލިތަކުގައި ރޯވި އަލިފާންގަނޑު ވަރަށް ބޮޑަށް ފެތުރިފައިވާ ކަމަށާއި، މިހާތަނަށް 3،000 ގެ އެއްކޮށް އަނދައި ހުލިވެފައިވާ ކަމަށެވެ.

"މަރުވެފައިވާ ބައެއް މީހުން ވަނީ ކާކުކަން ނޭނގޭ ވަރަށް އަނދާފައި. މިއާއެކު ފޮރެންސިކުން އަންނަނީ ކާކުކަން ކަށަވަރު ކުރުމަށް ސާމްޕަލްތައް ނަގަމުން" ޗިލީގެ ފޮރެންސިކް މެޑިކަލް ސާވިސްގެ ޑިރެކްޓަރު މެރިސޯލް ޕްރާޑޯ ވިދާޅުވިއެވެ.

ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ހެލިކަޕްޓަރު ބޭނުންކޮށްގެން، ރޯވި ސަރަހައްދަށް އެތައް ޓަނުގެ ފެން އޮއްސަމުން ދާއިރު، އެ މަސައްކަތުން އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައެއް ނުވެ އެވެ.

މިއީ ޗިލީގެ ތާރީހުގައިވެސް ހިނގާ އެންމެ ހިތާމަވެރި ހާދިސާއެވެ.

ޗިލީގައި އަލިފާން ރޯވެފައި މިވަނީ ހޫނު ގަދަވުމުގެ ސަބަބުންނެވެ.

ޗިލީ އާއި ކޮލަމްބިއާގައި ހޫނުމިން ވަރަށް ބޮޑަށް މައްޗަށް ގޮސްފައި ވާއިރު ކުރިޔަށް އޮތް ދުވަސްތަކުގައި އާޖެންޓީނާ، ޕެރެގުއޭ އަދި ބްރެޒިލްގައި ވެސް ހޫނުމިން އިންތިހާއަށް އަރާނެ ކަމަށް ލަފާކުރެ އެވެ.