Advertisement

ތުރުކީގެ ނައިޓް ކްލަބެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 29 މީހުން މަރުވެއްޖެ

3 އޭޕްރީލް 2024 - 07:57 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ތުރުކީގެ ނައިޓްކްލަބެއްގައި ރޯވުން: 29 މީހަކު ވަނީ މަރުވެފައި -- ފޮޓޯ: ރޮއިޓާސް


ތުރުކީގެ ނައިޓް ކްލަބެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 29 މީހުން މަރުވެއްޖެ

3 އޭޕްރީލް 2024 - 07:57 0

ތުރުކީގެ އިސްތަންބޫލްގެ ނައިޓް ކްލަބެއްގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާއެއްގައި 29 މީހަކު މަރުވެއްޖެ އެވެ.

އިސްޓަންބޫލްގެ ގަވަރުނަރު އޮފީހުން ބުނީ އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ދުވާލު އެތަން މާރާމާތު ކުރަނިކޮށް ކަމަށާއި، ސަލާމަތްވި އެކަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

މި ހާދިސާ ހިނގާފައި ވަނީ 16 ބުރީގެ އިމާރާތުގެ ގްރައުންޑް ފްލޯގައި ހަދާފައި ހުރި ނައިޓް ކްލަބެއްގަ އެވެ.

ހާދިސާ ހިނގުމާއެކު އެ ސަރަހައްދަށް ފަޔާ ފައިޓަރުން ގޮސް، އަލިފާން ކޮންޓްރޯލް ކުރެވުނީ ގަޑިއިރުތަކެއް ވަންދެން ކުރި މަސައްކަތަށް ފަހު އެވެ.

ތުރުކީގެ ގައުމީ ޓީވީން ބުނީ ހާދިސާއާ ގުޅިގެން ނައިޓް ކްލަބުގެ މެނޭޖްމަންޓުގެ މީހުން ހިމެނޭ ގޮތަށް ފަސް މީހަކު ހައްޔަރު ކުރުމަށް ކޯޓު އަމުރު ނެރެފައިވާ ކަމަށެވެ.

ރޯދަ މަހާ ދިމާކޮށް ނައިޓް ކްލަބު ބަންދުކުރީ މަރާމާތަށެވެ. އެތަން އީދަށް ހުޅުވުމަށް ދިޔައީ މަސައްކަތް ކުރަމުންނެވެ.