Advertisement

މާފަންނު ގެއެއްގައި ވަރަށް ބޮޑަށް އަލިފާން ރޯވެ އަނދަނީ

10 އޭޕްރީލް 2024 - 20:58 2

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


މާފަންނު ގެއެއްގައި ވަރަށް ބޮޑަށް އަލިފާން ރޯވެ އަނދަނީ

10 އޭޕްރީލް 2024 - 20:58 2

މާފަންނު ގެއެއްގައި ވަރަށް ބޮޑަށް އަލިފާން ރޯވެ އަނދަން ފަށައިފި އެވެ.

އެމްއެންޑީއެފްއިން ބުނީ، އަލިފާން ރޯވެފައި ވަނީ މ. ރަބީއުވިލާގައި ކަމަށާއި އެ ސަރަހައްދުގައި ފަޔާ އެންޑް ރެސްކިއު ސާވިސްއިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ އަލިފާނުގެ ހާދިސާއެއް ރަބީއުވިލާގައި ހިނގި ކަމުގެ މައުލޫމާތު 20:20 ގައި ލިބިފައިވާ ކަމަށާއި، އެ ސަރަހައްދުގައި ފުލުހުން ވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ރޯވެފައި ވަނީ ބިދޭސީން ބައިތިއްބާ ގެއެއްގަ އެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަން މިހާތަނަށް އެނގިފައެއް ނުވެ އެވެ.

އަލިފާން ރޯވި ތަނުގެ ފޮޓޯ އަދި ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު އެއިން ފެންނަ ގޮތުގައި އިމާރާތުގައި އެއްކޮށް ވަނީ ރޯވެފަ އެވެ. ދުންގަނޑު ބޯވެ، ދުމުގެ އަސަރު ވަރަށް ދުރަށް ދުވާ ކަމަށް މި ނޫހުގެ ނޫސްވެރިން ބުނެ އެވެ.