Advertisement

އަބްދުއްރަހީމް ވިދާޅުވީ ބޭނުންވާ ތަރައްގީ ގެނެވޭނީ މަޖިލީހުގެ މެޖޯރިޓީ ލިބިގެން ކަމަށް

6 ފެބުރުވަރީ 2024 - 13:22 0

ނިމާ ހަސަން

ނިމާ ހަސަން

ރައީސް އޮފީހުގެ ސީނިއާ މިނިސްޓަރު އަބްދުއްރަހީމް; ތަރައްގީ ގެނެވޭނީ މަޖިލީހުގެ އަގުލަބިއްޔަތު ލިބިގެން ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް


އަބްދުއްރަހީމް ވިދާޅުވީ ބޭނުންވާ ތަރައްގީ ގެނެވޭނީ މަޖިލީހުގެ މެޖޯރިޓީ ލިބިގެން ކަމަށް

6 ފެބުރުވަރީ 2024 - 13:22 0

ރަށްރަށަށް ކުރިއެރުމާއި ތަރައްގީ ގެނެވޭނީ މަޖިލީހުގެ އަގުލަބިއްޔަތު ސަރުކާރަށް ހޯދައިދީގެން ކަމަށް ރައީސް އޮފީހުގެ އިސް ވަޒީރު އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ގުރައިދުއަށް ވަޑައިގެން ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރު ގެނައީ ރައްޔިތުން ކަމަށާއި ދެމެހެއްޓޭނީ ވެސް ރައްޔިތުންނަށް ކަމަށެވެ.

ރައްޔިތުން ފޮނި އުއްމީދުގައި ޑރ. މުއިއްޒުއާ ރާއްޖޭގެ ވެރިކަން ހަވާލު ކުރެއްވިއިރު, އެ މަސްއޫލިއްޔަތު އަދާ ކުރެއްވުމުގައި ރައްޔިތުން އަދި އެއްކަމެއް ކޮށްދޭން ޖެހޭ ކަމަށެވެ. އަދި އެކަމަކީ އެކަމަކީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ދިވެހީންގެ ރާއްޖެއަށް ފުރުސަތު ހޯދައިދިނުން ކަމަށް އޭނާ ވިދާޅުވި އވެެ.

"އަޅުގަނޑުމެން އެކަކުވެސް, އެއް ރަށެއްގެ ރައްޔިތުން ވެސް ވެގެންނެއް ނުވާނެ އަމިއްލަ ރަށުގެ ކުރިއެރުމާއި ތަރައްގީއަށްވުރެ އެހެން ކަމަކަށް އިސްކަންދޭ ބަޔަކަށް. ތަރައްގީއަށް ހުރަސް އެޅޭގޮތަށް ވިސްނައިދޭ ވިސްނުމަށް ޖާގަ ދެނީ ކަމަށް ވަންޏާ އެ ނިކަމެތި ކޮށްލެވެނީ އަމިއްލަ ރަށުގެ ތަރައްގީ. އެ ހުރަސް އެޅެނީ ދަރިންގެ މުސްތަގުބަލަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެފަދަ ވިސްނުންތަކަށް ޖާގަ ދިނުމުގެ ބަދަލުގައި, ރައީސްއާއެކު ކުރިއަށް ދާން ނިންމުމަކީ ކޮންމެ ރަށެއްގެ ރައްޔިތުންނަށް ވެސް އޮތް އެންމެ ރަނގަޅު ގޮތެވެ.

ޕީއެންސީގެ ޗެއާޕާސަން ކަމުގައި ވެސް ހުންނެވި އަބްދުއްރަހީމް ވިދާޅުވީ ރައީސް, ރާއްޖެއަށް ގެންނަން ބޭނުންވެވަޑައިގަންނަވާ ތަރައްގީ އާއި ކުރިއެރުން ފަސޭހަކަމާއެކީގައި ގެނެވޭނީ "ދިވެހީންގެ ރާއްޖެ"އަށް މަޖިލީހުގެ ތަނަވަސް އަގުލަބިއްޔަތެއް ލިބިގެން ކަމަށެވެ.

"ތަރައްގީގެ ލަނޑުދަނޑިތައް ހާސިލު ކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތް އެބަހުރި. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އިތުރު ގާނޫނުތައް ހެދުމާއި, މިހާރު ހުރި ގާނޫނުތަކަށް އިސްލާހު ގެނައުމާއި, މިފަދަ ބައިވަރު މަސައްކަތްތައް އެބަހުރި," އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުން ބަލައިގަންނަ ތަނަކަށް ހެދޭނީ ދިވެހީންގެ ރާއްޖެއަށް މަޖިލީހުގެ ތަނަވަސް އަގުލަބިއްޔަތެއް ދީގެން ކަމަށެވެ. އޭނާ ވަނީ ގުރައިދޫ ދާއިރާގެ ޕީއެންސީ ކެންޑިޑޭޓަށް ތާއިދުކޮށް, މަޖިލީހަށް ހޮވައިދިނުމަށް ވެސް އެދިވަޑައިގެންފަ އެވެ.