Advertisement

އެމްއެންޔޫގެ މެރިޓައިމް ސަވައިވަލް ސެންޓަރުގެ މަސައްކަތް ނިންމާލައިފި

5 ފެބުރުވަރީ 2024 - 23:12 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އެމްޓީސީސީން ތައްޔާރު ކުރި މެރިޓައިމް ސަވައިވަލް ސެންޓަރަކީ މީގެ ދެއަހަރު ކުރިން އެމްޓީސީސީއާ ހަވާލު ކުރި މަޝްރޫއުއެއް -- ފޮޓޯ: އެމްޓީސީސީ


އެމްއެންޔޫގެ މެރިޓައިމް ސަވައިވަލް ސެންޓަރުގެ މަސައްކަތް ނިންމާލައިފި

5 ފެބުރުވަރީ 2024 - 23:12 1

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި މެރިޓައިމް ކޯސްތަައް ހިންގުމަށް ހާއްސަކޮށްގެން މީގެ ދެއަހަރު ކުރިން ގާއިމު ކުރުމުގެ މަސައްކަތް ފެށި، މެރިޓައިމް ސަވައިވަލް ސެންޓަރުގެ މަސައްކަތް އެއްކޮށް ނިންމާލައިފި އެވެ.

އެ މަޝްރޫއު ކުރިއަށް ގެންގޮސްފައި ވަނީ އެމްޓީސީސީންނެވެ. އެ ކުންފުންޏާ އެ މަޝްރޫއު ހަވާލު ކުރީ ޑިސެމްބަރު 22، 2021 ގަ އެވެ.

6.50 މިލިއަން ދިވެހި ރުފިޔާ ހަރަދު ކޮށްގެން ހެދި އެ ސެންޓަރުގައި 1200 ކިއުބިކް މީޓަރުގެ ލޭންޑް ފިލިންއާއި 62.25 މީޓަރުގެ އެއްގަމު ތޮށި ޝީޓު ޕައިލް ކުރުމާއި 264،32 އަކަ ކިލޯމީޓަރުގެ ހާބަރު ޕޭވްމަންޓުގެ މަސައްކަތުގެ އިތުރުން 4.2x4 މީޓަރުގެ ރޭމްޕެއް ގާއިމު ކޮށްފައިވެ އެވެ.

އޭގެއިތުރުން ހާބަރު ލައިޓުތަކާއި އޮޑިދޯނިފަހަރު ގާތް ކުރާއިރު ވައު އައްސާ، މޫޓުތަކުގެ އިތުރުން ދެ ލައިފް ބޯޓާއެކު ޑެވިޓް ސިސްޓަމެއް ގާއިމުކޮށް ކޮންޓޭނަރު މޮޑިފައި ކުރުމުގެ މަސައްކަތް ވެސް އެމްޓީސީސީން ފުރިހަމަ ކޮށްފައިވެ އެވެ.

މެރިޓައިމް ސަވައިވަލް ސެންޓަރަކީ އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަނުން ހަދާފައިވާ އިންޓަނޭޝަނަލް ކޮންވެންޝަން އޮން ސްޓެންޑާޑްސް އޮފް ޓްރެއިނިން ސެޓިފިކޭޝަން އެންޑު ވޮޗްކީޕިން ފޯ ސީފެއާރާސްގެ ދަށުން ބޯޓު ފަހަރަށް ދަތުރު ކުރަން ދާ މީހުން ހަދަންޖެހޭ ބޭސިކް ކޯސްތައް ހެދުމަށްޓަކައި އެމްއެންޔޫއިން ތައްޔާރު ކުރި ސެންޓަރެކެވެ.