Advertisement

ކެންސަރުގެ ފަރުވާއަށް ފަހު މިނިސްޓަރު ރަމީލާ އޮފީހަށް ނުކުންނަވައިފި

4 ފެބުރުވަރީ 2024 - 12:11 0

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ, މިނިސްޓަރު އޮފީހަށް ނުކުންނެވިކަން ރައީސް އޮފީހުން ކަށަވަރުކޮށް ދެއްވި -- ފޮޓޯ: ރައީސް އޮފީސް


ކެންސަރުގެ ފަރުވާއަށް ފަހު މިނިސްޓަރު ރަމީލާ އޮފީހަށް ނުކުންނަވައިފި

4 ފެބުރުވަރީ 2024 - 12:11 0

ކެންސަރުގެ އާލަސްކަންފުޅަށް ފަރުވާ ހޯއްދެވުމަށް ފަހު ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ އޮފީހަށް ނުކުންނަވައިފި އެވެ.

"މިނިސްޓަރު ރަމީލާ މިއަދު އޮފީހަށް ނުކުންނެވި, މިއަދުގެ ކެބިނެޓް ބައްދަލުވުމުގައި ވެސް ބައިވެރިވެވަޑައިގެންނެވި،" ރައީސް އޮފީހުގެ ކޮމިޔުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލް "އަދަދު" ނޫހާ ވަހަކަ ދައްކަވަމުން ވިދާޅުވި އެވެ.

ކެންސަރަށް ފަރުވާ ހޯއްދެވުމަށް އިންޑިޔާއަށް ވަޑައިގަތުމުގެ ކުރިން މިނިސްޓަރު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ކެންސަރު ހުރިކަން އިނގިވަޑައިގަތީ ބަލީގެ އެންމެ ފަހު ސްޓޭޖުގައި ވަނިކޮށް ކަމަށެވެ. އަދި ގައުމުން ބޭރަށް ވަޑައިގަންނަވަނީ ކީމޯ އާއި ރޭޑިއޭޝަން ތެރަޕީ ހޯއްދެވުމަށް ކަމަށް ރަމީލާ ލިޔުއްވި އެވެ.

މިނިސްޓަރު ރަމީލާ ރާއްޖެއިން ބޭރުގައި ހުންނެވިއިރު އެ ވުޒާރާގެ ކަންކަން ބައްލަވަމުން ގެންދެވީ ޑިފެންސް މިނިސްޓަރ ގައްސާން މައުމޫން އެވެ.

ރައްޔިތުންގެ މަޖިލީހުން ވަޒީރުންނަށް ރުހުން ދިން އިރު ރަމީލާއަށް ރުހުން ލިބިވަޑައިގަތީ ވޯޓުގައި ބައިވެރިވި 70 މެމްބަރުންގެ އިއްތިފާގުންނެވެ.

މިނިސްޓަރު ރަމީލާ މީގެ ކުރިން ހެލްތު މިނިސްޓްރީ އާއި ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރެއްވި އެވެ.