Advertisement

އެމްއައިބީގެ މާލެ ބްރާންޗް ބިޒްނަސް ބޭންކިންއަށް ހާއްސަކޮށްފި

3 ފެބުރުވަރީ 2024 - 15:52 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ބޮޑުތަކުރުފާނު މަގުގައި ހުންނަ އެމްއައިބީގެ މާލޭ ބްރާންޗު. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


އެމްއައިބީގެ މާލެ ބްރާންޗް ބިޒްނަސް ބޭންކިންއަށް ހާއްސަކޮށްފި

3 ފެބުރުވަރީ 2024 - 15:52 0

މޯލްޑިވްސް އިސްލާމިކް ބޭންކުގެ މާލެ ބްރާންޗް (ބޮޑުތަކުރުފާނު މަގު، އާޓިފިޝަލް ބީޗު ކުރިމަތީގައި ހުންނަ ބްރާންޗު) ބިޒްނަސް ބޭންކިން އަށް ހާއްސަކޮށް، ބަދަލުތަކެއް ގެނެސްފި އެވެ.

އެމްއައިބީއިން ބުނީ، ބޭންކުން ދެމުން އަންނަ ހިދުމަތްތަކަށް ގެނެވުނު ބަދަލުތަކުން ވިޔަފާރި ކަސްޓަމަރުންނަށް ހިދުމަތް ހޯދުމަށް މިހާރަށްވުރެ ލުއި ފަސޭހަ ވެގެންދާނެ ކަމަށެވެ. މިގޮތުން ހިދުމަތް ދިނުމުގެ ގަޑި އާއި ކޭޝް ކައުންޓަރު އިތުރުކޮށް، އަދި ސެލްފް ސާވިސްގެ ހިދުމަތް އިތުރަށް ފަސޭހަވެގެންދާނެ އެވެ.

ރޯދަ މަހު ފަހު ދިހައިގައި ވެސް އެމްއައިބީގެ ހިދުމަތް ލިބޭނެ ކަމަށާއި، ފިތުރު އީދު ބަންދުގެ ތެރޭގައިވެސް ހިދުމަތް ދެވޭ ދުވަސްތައް އިތުރުކުރަން ނިންމާފައިވާ ކަމަށް އެމްއައިބީ އިން ބުންޏެވެ.

އެމްއައިބީން ދެމުން އަންނަ ހިދުމަތްތަކަށް އައި ބަދަލުތައް:

  • މާލޭ ބްރާންޗްގެ ހިދުމަތް ބޭންކިން ދުވަސްތަކުގައި ހެނދުނު 8:30 އިން ހަވީރު 4:00 އާ ހަމައަށް ލިބޭނެ.
  • ރޯދަ މަހުގެ ފަހު 10 ގައި ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހިދުމަތް ލިބޭނެ.
  • ކަސްޓަމަރުން ގިނަ ވަގުތު މަޑުނުކޮށް ހިދުމަތް އަވަހަށް ލިބޭ ގޮތަށް ކޭޝް ކައުންޓަރުތައް އިތުރުކޮށްފައި ވާއިރު، ރީޓެއިލް ކޭޝް އަދި ބަލްކް ކޭޝް ލިބޭ ގޮތަށް ބައެއް ކައުންޓަރުތައް ވަނީ ހާއްސަކޮށްފައި.
  • ބިޒްނަސް ހިދުމަތްތަކަށް އެޕްލިކޭޝަން ހުށަހެޅޭނީ މިހާރު މާލޭ ބްރާންޗްގެ ފުރަތަމަ ފަންގިފިލާގެ ޑެސްކުން.
  • 24 ގަޑިއިރު ހިދުމަތް ލިބޭ އޭޓިއެމް މެޝިންތައް މާލޭ ބްރާންޗުގެ ގްރައުންޑް ފްލޯއަށް ވަނީ އިތުރުކޮށްފައި.

މި ބަދަލާއެކު މާލެ ބްރާންޗްގެ ރީޓެއިލް ހިދުމަތް ވަނީ ހ.މެރިން ޑްރީމް، އެމްއައިބީ ބިޒްނަސް ސެންޓަރަށް ބަދަލުކޮށްފަ އެވެ.

މީގެ އިތުރުން ވިސާ ޑެބިޓް އިންސްޓެންޓް ކާޑުތައް މި ބްރާންޗުން ލިބޭއިރު، މާލޭ ބްރާންޗްގެ ގްރައުންޑް ފްލޯގައި ހުންނަ އިންފޮމޭޝަން ޑެސްކުން އެކައުންޓް އޮޕެނިން ކިޓްސް ލިބެން ހުންނާނެ ކަމަށް އެމްއައިބީން ބުނެ އެވެ.

އެމްއައިބީގެ ރީޓެއިލް ބޭންކިންގެ ހުރިހާ ހިދުމަތެއް މިހާރު ވަނީ ޑިޖިޓަލް ކޮށްފައެވެ. އަދި ކޮންމެ ތަނެއްގައި ހުރެގެންވެސް ވަގުތުން އެކައުންޓް ހުޅުވޭއިރު، އެމްއައިބީގެ ހުރިހާ ބްރާންޗަކާއި ސޭލްސް ސެންޓަރުތަކުން ލިބޭ އިންސްޓަންޓް ބޭންކިން ކިޓް ނަގައިގެން ފަސޭހަކަމާއެކު އެކައުންޓަށް ކާޑު ލިންކުކޮށް ކާޑުގެ ހިދުމަތް ވަގުތުން ބޭނުން ކުރެވެ އެވެ.