Advertisement

ޖޫރިމަނާ ނުދެއްކުމުން އީޕީއޭއިން އެފްކޮންސްގެ މައްސަލަ ކޯޓަށް ހުށަހަޅަނީ

1 ފެބުރުވަރީ 2024 - 07:09 1

މަރިޔަމް އަފާ ނިޒާމް

މ

Advertisement

ތިލަމާލެ ބުރިޖު އޭޅުމުގެ މަސައްކަތް ކުރާ އެފްކޯންސްގެ ޕްލެޓުފޯމެއް. ކަނޑުގަދަވެ ރާޅު ބޮޑުވުމުގެ ސަބަބުން އެ ކުންފުނީގެ ޕްލެޓުފޯމެއް ވިލިމާލެ ފަރަށް އަރައި ބޮޑެތި ގެއްލުންތަކެއް ފަރަށް ލިބިފައިވޭ -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ޖޫރިމަނާ ނުދެއްކުމުން އީޕީއޭއިން އެފްކޮންސްގެ މައްސަލަ ކޯޓަށް ހުށަހަޅަނީ

1 ފެބުރުވަރީ 2024 - 07:09 1

Advertisement

Advertisement

ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރަން އެފްކޮންސްއިން ގެންގުޅުނު ޕްލެޓްފޯމެއް ވިލިމާލޭ ފަރަށް އަރައި ލިބުނު ގެއްލުންތަކާ ގުޅިގެން އެންވަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށް އެ ކުންފުނިން ދައްކަންޖެހޭ ޖޫރިމަނާ ދައްކައިފައި ނުވާތީ، އެ މައްސަލަ ކޯޓަށް ހުށަހަޅަށް އީޕީއޭއިން ނިންމައިފި އެވެ.

އީޕީއޭގެ ޑިރެކްޓާ ޖެނެރަލް، އިބްރާހީމް ނައީމް މިއަދު 'އަދަދު' އަށް ވިދާޅުވީ ވިލިމާލެ ފަރަށް އެރި ޕްލެޓްފޯމްގެ މައްސަލައިގައި އެފްކޮންސްއިން އެ އޭޖެންސީއަށް ދައްކަންޖެހޭ 69.4 މިލިއަން ރުފިޔާ މިހާތަނަށް ދައްކައިފައި ނުވާ ކަމަށެވެ.

Advertisement

އަދި އެ މައްސަލަ ޝަރީއަތަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަން ނައީމް ކަށަވަރުކޮށްދެއްވި އެވެ.

"ޖޫރިމަނާ ދައްކާފައެއް ނެތް އަދިވެސް. އެހެންވެ އެ މައްސަލަ ޝަރީއަތަށް ހުށަހެޅުމުގެ މަސައްކަތް އަޅުގަނޑުމެން އެބަކުރަން،" ނައީމް ފާހަގަކުރެއްވި އެވެ.

ތިލަމާލެ ބުރިޖު އެޅުމަށް ވިލިނގިއްޔާއި މާލެއާ ދެމެދު އަޅާފައި އޮތް އެފްކޮންސްގެ "ޔުވްރާޖް" ޕުލެޓުފޯމުގެ ނަގިޔައްޔަށް ދިމާވި މައްސަލައަކާ ގުޅިގެން ވިލިމާލެ ފަރަށް އެ ޕުލެޓުފޯމު އެރީ އޯގަސްޓު، 2022ގަ އެވެ. ފަރަށް އެރިތާ 12 ދުވަސް ފަހުން ފުން ޕުލެޓުފޯމު ފުން ކުރިއިރު، ވިލިމާލެ ފަރުގައި 10 ފޫޓުގެ ބޮޑެތި ވަޅުގަނޑުތަކެއް ހެދިފައި ހުއްޓެވެ.

Advertisement

ޖޫރިމަނާ ނުދައްކަން އެފްކޮންސްއިން ކޯޓަށް، އަމުރެއް ނުލިބުނު

ވިލިމާލެ ފަރަށް އެރި ޕްލެޓްފޯމްގެ މައްސަލައިގައި އީޕީއޭއިން އެފްކޮންސް ޖޫރިމަނާކުރީ 69.4 މިލިއަން ރުފިޔާއިން.

ޖޫރިމަނާ ނުދައްކަން އެފްކޮންސްއިން ކޯޓަށް، އަމުރެއް ނުލިބުނު

ވިލިމާލެ ފަރަށް އެރި ޕްލެޓްފޯމްގެ މައްސަލައިގައި އީޕީއޭއިން އެފްކޮންސް ޖޫރިމަނާކުރީ 69.4 މިލިއަން ރުފިޔާއިން.

އެ މައްސަލަ ބަލައި ތަހުގީގު ކުރުމަށްފަހު އީޕީއޭއިން އެ ކުންފުނި 69.4 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރި އެެވެ. ނަމަވެސް އެ ކުންފުނިން ވަނީ ޖޫރިމަނާއަށް ލުޔެއް ހޯދައިދިނުމަށް އެދި އެންވަރަމަންޓު މިނިސްޓަރީގައި އެ މައްސަލަ އިސްތިއުނާފު ކޮށްފަ އެވެ. އަދި ޖޫރިމަނާ މުރާޖާކޮށްދިނުމަށް އެދި ތިމާވެއްޓާ ބެހޭ މިނިސްޓަރަަށް ހުށަހެޅުމުން އޭރުގެ މިނިސްޓަރު އައިމިނަތު ޝައުނާ ވަނީ ޖޫރިމަނާއަށް ލުއި ނުދޭން ނިންމަވާފަ އެވެ.

ޖޫރިމަނާގެ އަމުރަށް އަމަލު ކުރުން ފަސްކޮށްދޭން އެދިި އެފްކޮންސްއިން ވަނީ ސިވިލް ކޯޓުގައި ވަގުތީ އަމުރަކަށް ވެސް އެދިފަ އެވެ. ނަމަވެސް ސިވިލް ކޯޓުން ނިންމީ ވަގުތީ އަމުރެއް ނުދިނުމަށެވެ.

އެފްކޮންސްއިން ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނީ އެ ޕްލެޓްފޯމް ފަރަށް އަރާފައި ވަނީ އެ ކުންފުނީގެ އިހުމާލަކާ ނުލައި، އެ ކުންފުންޏަށް ބާރު ނުފޯރުވޭ ފަދަ ބިޔަ ރާޅުތަކެއްގެ ސަބަބުން ކަމަށެވެ.

Advertisement

100.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ހުސެން803

about 1 year ago

ތިއީއެއްގޮތަކަށްވެސް ވިސްނަންޖެހޭކަމެއްނޫނެވެ. ހަމައެކަނި ކޯޓުންކޮށްލަންޖެހޭކަމަކީ ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް އޮތްނަމަ ބުރިޖްނިމުން ދޭޖެހޭ ފައިސާއެއްކޮށްދޭނީ އެބައި އުނިކުރުމަށް ފަހުގައި ކަމަށް ހުކުމެއްކޮށްލުމެވެ. އެއީ މުޅިން ދެކަމެކޭބުނެ ބުރިޖްގެ ފައިސާ އެއްކޮށް ދީފިނަމަ ދެން ޖޫރިމަނާއަށްވާ އެއްވެސް ފައިސާއެއްނުދައްކާނެކަން މުޖައްރިބެއެވެ. ކުރީސަރުކާރުންނަމަ ތިފައިސާ މާފުވެސްކުރީހެވެ.