Advertisement

ލިއޯއިން ވިޗާއި ބްރޭންޑުގެ އިންޖީނު ތައާރަފުކޮށްފި

1 ފެބުރުވަރީ 2024 - 15:49 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ވިޗާއި އާއި ލިއޯއާއެކު ހެދި ޕާޓްނަޝިޕް އެއްބަސްވުމުގައި ސޮއިކުރަން އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.


ލިއޯއިން ވިޗާއި ބްރޭންޑުގެ އިންޖީނު ތައާރަފުކޮށްފި

1 ފެބުރުވަރީ 2024 - 15:49 0

ޑީސަލް އިންޖީނާއި ހެވީ ވެހިކަލާއި މެޝިނަރީ އުފެއްދުމަށް މަޝްރޫހު ޗައިނާގެ ވިޗާއި ޕަވާ އާއި ރާއްޖޭގެ ލިއޯ ޓްރޭޑިންއާއެކު ޕާޓްނާޝިޕެއް އުފައްދައި، ވިޗާއި ބްރޭންޑުގެ އިންޖީނު ރާއްޖެއަށް ތައާރަފުކޮށްފި އެވެ.

މި ދެ ކުންފުނީގެ ޕާާޓްނާޝިޕް އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އަންގާރަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެ ރަސްމިއްޔާތުގައި ލިއޯ ޓްޜޭޑިން ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސަވާދު ވިދާޅުވީ ވިޗާއި ޕަވާއާއެކު ހެދި ޕާޓްނާޝިޕުން ރާއްޖޭގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށެވެ.

ސަވާދު ވިދާޅުވީ ރާއްޖޭގައި ކުރެވޭ ކޮންމެ މަސައްކަތަކީ ކަނޑު ދަތުރުފަތުރުގެ މައްޗަށް ވަރަށް ބޮޑަށް ބަރޯސާވެގެން ކުރެވޭ މަސައްކަތެއް ކަމަށާއި، ލިއޯއިން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ ދިވެހި ވިޔަފާރިތަކަށް އަދި ދިވެހި އިގުތިސާދަށް ނަފާކުރާފަދަ އެންމެ ޒަމާނީ ކޮލިޓީ ހިދުމަތްތައް ކޮމްޕެޓެޓިވް އަގުތަކެއްގައި ފޯރުކޮށްދިނުމަށް ކަމަށެވެ.

ކަނޑު ދަތުރުފަތުރުގެ ހިދުމަތް ލިބިގަންނަ ފަރާތްތަކާއި ހިދުމަތް ހޯދާ ފަރާތްތަކަށް އަތް ފޯރާ ފަށުގައި ހިދުމަތް ދޭން ޖެހޭ ކަމަށާއި، އަދި އެ ހިދުމަތްތައް ފޯރުކޮށްދެނީ ތިމާވެއްޓާ ރަށްޓެހި ދެމެހެއްޓެނިވި ގޮތަކަށްތޯ ވެސް ބަލަން ޖެހޭ ކަމަށްވެސް ސަވާދު ވިދާޅުވިއެވެ.


ރާއްޖެއަށް ބައިނަލްއަގުވާމީ ބޮޑު ބްރޭންޑެއް އަނެއްކާވެސް ތައާރަފު ކުރެވުމަކީ ލިބޭ ބޮޑު އުފަލެއް ކަމަށާއި، ވިޗާއި ޕަވާއާއެކު ހެދުނު ޕާޓްނާޝިޕުގެ ސަބަބުން އެކަށީގެންވާ ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދެވިގެންދާނެ ކަމުގެ ޔަގީންކަން ވިޔަފާރި ކުރާ ފަރާތްތަކަށް ސަވާދު ވަނީ ދެއްވާފައެވެ.

"ވިޗާއީ ބްރޭންޑަކީ ދުނިޔޭގައިވެސް ފާހަގަކޮށްލެވޭ އެންމެ ވަރުގަދަ އެންމެ ކުރީގައި އުޅޭ އެއް އިންޖީނު އުފައްދާ ބްރޭންޑް. ކަނޑުދަތުރުފަތުރު ކުރާ ހުރިހާ ބާވަތެއްގެ އުޅަނދުފަހަރަށް ބޭނުންވާ އިންޖީނު މި ބްރޭންޑްގެ ދަށުން ލިބެން ހުންނާނެ. ލޭންޑިން ކްރާފްޓާއި، ޓަގު ބޯޓާއި، ބާޖާއި، ތެޔޮ އުފުލާ އުޅަނދު ފަހަރާއި، ސަޕްލައި ދޯނިފަހަރާއި، ހުރިހާ ސައިޒެއްގެ މަސް ދޯނިފަހަރާއި އަދި ކުދި ބޮޑު ފެރީ ބޯޓު ފަހަރާއި އެ ނޫންވެސް ހުރިހާ ކަނޑުގައި ދުއްވާ އުޅަނދެއްގެ އިންޖީނު ދެން ރާއްޖެއިން ލިބެން ހުންނާނެ ކަމުގެ ޔަގީންކަން އަރުވަން" ސަވާދު ވިދާޅުވިއެވެ.

މިއާއެކު، އިންޖީނު ހެޑުން ފެށިގެން ކުޑަ ބޯލްޓާ ހަމައަށް އިންޖީނުގެ ހުރިހާ ސްޕެއާއެއް ލިއޯގެ ޝޯ ރޫމުން ލިބެން ހުންނާނެ ކަމަށާއި، ހިދުމަތްތައް ލިބިގެންދާނީ ރާއްޖެއިން މިހާރު އެ ހިދުމަތްތައް ލިބޭ ވަރަށްވުރެ އަގުހެޔޮކޮށް ކަމަށްވެސް ސަވާދު ވަނީ ވިދާޅުވެފައެވެ. އަދި އިންޖީނުތަކަކީ ތެޔޮ ހަރަދު ކުޑަ އިންޖީނު ސިސްޓަމްތަކެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.