Advertisement

ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލްގެ އޭރޯ ބުރިޖުތަކުގެ މަސައްކަތް ފަށައިފި

31 ޖަނަވަރީ 2024 - 20:04 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ވީއައިއޭގެ އޭރޯ ބްރިޖުތައް ޓާމިނަލާ ގުޅޭ ތަން: މިހާރު ވީއައިއޭގައި އެއްވެސް އޭރޯ ބްރިޖެއް ނުހުރޭ -- ފޮޓޯ: އެމްއޭސީއެލް


ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލްގެ އޭރޯ ބުރިޖުތަކުގެ މަސައްކަތް ފަށައިފި

31 ޖަނަވަރީ 2024 - 20:04 0

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަޅާ އާ ޓާމިނަލްގެ އޭރޯ ބުރިޖުތަކުގެ މަސައްކަތްތައް މިއަދު ފަށައިފި އެވެ.

އެމްއޭސީއެލްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ބުރިޖުތަކުގެ މަސައްކަތް ނިމި ބޭނުން ކުރަން ފެށުމުން ދަތުރުވެރިންނަށް ވަރަށް ބޮޑު ލުއި ފަސޭހަކަމެއް ލިބިގެންދާނެ ކަމަށެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ފެށި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަނީ ކުވެއިތު ފަންޑާއި ސައޫދީ ފަންޑާއި އަބޫދާބީ ސަރުކާރުގެ އިތުރުން އޯޕެކް ފަންޑު ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓުން 350 މިލިއަން ޑޮލަރު ނަގައިގެންނެވެ. އެ މަޝްރޫއު މި އަހަރުގެ ސެޕްޓެމްބަރު މަހަށް އެއްކޮށް ނިންމާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައިވެ އެވެ.

ޕެސެންޖާ ޓާމިނަލް ހިމެނޭގޮތަށް މިހާރު ކުރިޔަށްދާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެކްސްޕެންޝަން ޕްރޮޖެކްޓް އެއްކޮށް ނިމުމުން، އެއާޕޯޓުގެ ކެޕޭސިޓީ ދެ ގުނަ އިތުރުވެ، އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް ވަސީލަތްތައް ތަރައްގީ ވެގެން ދާނެ އެވެ.

ދެ ފަންގިފިލާއަށް ހުންނަ ޒަމާނީ ފެންވަރުގެ އާ ޓާމިނަލްގައި 78،000 އަކަމީޓަރުގެ ޖާގަ ހުންނާނެ އެވެ. އެ ޓާމިނަލާއެކު މިހާރުގެ ޓާމިނަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ މައްސަލަ ހައްލު ވެގެން ދާނެ އެވެ.

މިހާރު ކުރިއަށްދާ ޓާމިމިނަލުގެ މަސައްކަތާއި އެއިރޯ ބުރިޖުތަކުގެ މަސައްކަތުގެ އިތުރުން ވެސް "ސްޓޭޓް-އޮފް-ދި-އާޓް" ބެޖޭޖް ހޭންޑްލިން ސިސްޓަމްތަކާއި، އެފްއެންބީ އައުޓްލެޓްތަކުގެ އިިތުރުން ލޯންޖުތަކާއި އެހެނިހެން ހިދުމަތްތައް އެ މަޝްރޫއުގެ ތެރެއިން ގާއިމު ކުރާނެ އެވެ.

ޓާމިނަލް ތަރައްގީކުރެވުމާއެކީ ރާއްޖެ އަންނަ ޓޫރިސްޓުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުވެ, މިހާރަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އާދެވޭނެ މަގުފަހިވާނެ އެވެ.