Advertisement

ޕީޖީއަށް ހަމަލާދިން މީހުން ހޯދައި ފިޔަވަޅު އެޅޭނެ ގާބިލްކަން ފުލުހުންގެ ހުންނާނެ: ހަމީދު

31 ޖަނަވަރީ 2024 - 13:04 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ކުރީގެ ސީޕީ ހަމީދު (ކ) ޕީޖީ ޝަމީމް (ވ)؛ ޝަމީމަށް ހަމަލާދިނީ ސައިކަލެއްގައި އައި ބަޔަކު މަރުތޭލަކުން -- ފޮޓޯ: އަދަދު


ޕީޖީއަށް ހަމަލާދިން މީހުން ހޯދައި ފިޔަވަޅު އެޅޭނެ ގާބިލްކަން ފުލުހުންގެ ހުންނާނެ: ހަމީދު

31 ޖަނަވަރީ 2024 - 13:04 0

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ޝަމީމްއަށް ހަމަލާދިން މީހުން ހޯދައި ފިޔަވަޅު އެޅޭނެ ގާބިލްކަން ފުލުހުންގެ ހުންނާނެ ކަމަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

ޕީޖީ ޝަމީމަށް މިއަދު ހެނދުނު ދިން ހަމަލާ ކުށްވެރިކޮށް ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ހަމަލާ އާއި، އެ ނޫންވެސް އެފަދަ ހަމަލާތައް ދޭ ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމުގެ ގާބިލްކަން ދިވެހި ފުލުހުންގެ ކިބައިގައި "މާ ރަނގަޅަށް" ވެސް ހުންނާނެ ކަމަށެވެ. އަދި ޝަމީމަށް ހަމަލާދިން މީހުން ހޯދައި ފިޔަވަޅު އަޅާނެކަމަށް ޔަގީންކުރައްވާކަމަށް ވެސް ހަމީދު ވިދާޅުވި އެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، އަދި މި މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

އެނގިފައިވާ ގޮތުގަައި ޝަމީމަށް ހަމަލާދިނީ މަރުތޭލައަކުންނެވެ. ސައިކަލު ޕާކޮށްފައި ގެެއަށް ވެދެވަޑައިގަންނަވަނިކޮށް ކަމަށާއި ހަމަލާ އެރީ ވައަތުގެ މުލައްދަނޑިއަށް ކަމަށް ވެސް މިނޫހަށް މައުލޫމާތު ލިބުނެވެ. މަރުތޭލައިން ޖެހުމުގެ ސަބަބުން ޝަމީމްގެ ވައަތު މުލައްދަނޑީގެ ކަށިގަނޑެއްގައި ރެނދެއްލާފައި ވާތީ އޭނާއަށް އޭޑީކޭގައި ފަރުވާދީފައިވެ އެވެ.

ޕީޖީ އޮފީހުން ބުނީ، ޝަމީމަށް މާލޭގެ މަގުމަތީގައި ހުންނަވަނިކޮށް ހަމަލާ ދިނީ ސައިކަލެއް އައި ދެ މީހަކު ވެގެން ކަމަށެވެ. މި ހަމަލާއާ ގުޅިގެން އެމްއެންޑީއެފުން ވަނީ ޝަމީމްގެ ސެކިއުރިޓީ ވަރުގަދަ ކުރަން ނިންމާފަ އެވެ.