Advertisement

ރަކިޓިޗް، ސައުދީގެ އަލް ޝަބާބް އަށް

30 ޖަނަވަރީ 2024 - 15:03 0


ރަކިޓިޗް، ސައުދީގެ އަލް ޝަބާބް އަށް

30 ޖަނަވަރީ 2024 - 15:03 0

ސެވިލް، ސްޕެއިން (ޖެނުއަރީ 30) - ސައުދީ ޕްރޮފެޝަނަލް ލީގުގެ ކްލަބް، އަލް ޝަބާބް އިން ސެވިއްޔާގެ ތަރި އިވާން ރަކިޓިޗްގެ ސޮއި ހޯދުމާ ގާތަށް ޖެހިލައިފި އެވެ.

ސެވިއްޔާގެ ވައިސް ކެޕްޓަން، ރަކިޓިޗް، 35، ވަނީ މި ސީޒަނުގައި އެ ޓީމުން ކުޅުނު، 22 މެޗުގައި ވެސް ކުޅެ، ދެ ގޯލު ޖަހައިފަ އެވެ.

ޝާލްކާ، ދޫކޮށް، 2011 ވަނަ އަހަރު އެންމެ ފުރަތަމަ ސެވިއްޔާ އަށް ސޮއިކުރި ރަކިޓިޗް ވަނީ، ސެވިއްޔާ ދޫކޮށް 2014 ވަނަ އަހަރު ބާސެލޯނާ އަށް ބަދަލުވެފަ އެވެ. ބާސެލޯނާގައި ހޭދަކުރި މުއްދަތުގައި ރަކިޓިޗް ވަނީ ތިން ކޯޗުންގެ އިރުޝާދުގެ ދަށުން ކުޅެ، ޖުމްލަ އެކު، 13 ތަށި އުފުލާލައިފަ އެވެ.

މީގެ ހަަތަރު ވަރަކަށް އަހަރު ކުރިން، 2020 ވަނަ އަހަރު އަލުން ސެވިއްޔާއާ ގުޅެން، ރަކިޓިޗް ނިންމީ އިނގިރޭސި ޕްރިމިއާ ލީގުގެ ޓޮޓެންހަމް ހޮޓްސްޕާސްގެ ހުށަހެޅުމެއް ލިބިފައިވަނިކޮށެވެ.

އެނބުރި ސެވިއްޔާ އަށް އައިސް ރަކިޓިޗް ވަނީ، މިދިޔަ އަހަރު ސެވިއްޔާއާ އެކު، ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދައިފަ އެެވެ.

ކްރޮއޭޝިއާ ގައުމީ ޓީމުގައި ވެސް ތަފާތު ދައްކާފައިވާ ރަކިޓިޗް ވަނީ ސެވިއްޔާ އަށް، ދެ ފަަހަރެއްގެ މަތިން، ކުޅުނުއިރު، ޖުމްލަ އެކު، 323 މެޗުން، 51 ލަނޑު ޖަހައި، 63 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

ސައުދީ ލީގަށް ބޮޑު މުސާރަ ލިބޭ ކޮންޓްރެކްޓަށް ބަދަލުވުމަށް ފަހު، އެނބުރި ޔޫރަޕަށް އަންނަން ބައެއް ކުޅުންތެރިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ ގޮތުން، އަލް އިއްތިފާގު ދޫކޮށް ޖޯޑަން ހެންޑަސަން ވަނީ އަޔަކްސް އަށް ސޮއިކޮށްފަ އެވެ. އެކަމަކު، އަލް އިއްތިހާދު ދޫކޮށް، ޔޫރަޕްގެ ޓީމަކަށް ބަދަލުވާން ފްރާންސްގެ ފޯވާޑް، ކަރިމް ބެންޒެމޭ ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.