Advertisement

މެންބަރު ޖާބިރުގެ ގެއިން މިލިއަނަކަށްވުރެ އަގުހުރި މުދާ ވަގަށް ނެގި މައްސަލައިގައި ދެމީހަކު ހައްޔަރުކޮށްފި

30 ޖަނަވަރީ 2024 - 11:14 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


މެންބަރު ޖާބިރުގެ ގެއިން މިލިއަނަކަށްވުރެ އަގުހުރި މުދާ ވަގަށް ނެގި މައްސަލައިގައި ދެމީހަކު ހައްޔަރުކޮށްފި

30 ޖަނަވަރީ 2024 - 11:14 0

ކާށިދޫ ދާއިރާ މެންބަރު، އަބްދުﷲ ޖާބިރުގެ ގެއިން މިލިއަނަކަށްވުރެ އަގުހުރި މުދާ ވަގަށްނެގި މައްސަލައިގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ކުރި އިއުލާނެއްގައި ބުނީ ހ. ތިމާވެށީގެ ފަސްވަނަ ފަންގިފިލާއިން މިލިއަނަކަށްވުރެ ގިނަ ރުފިޔާގެ ތަކެތި ވަގަށްނަގާފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓު ކުރީ މިދިޔަ ބުރާސްފަތު ދުވަހު ކަމަށެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 30 އަހަރާއި 38 އަހަރުގެ ދިވެހި ދެ ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ. އަދި އެމީހުންގެ އަތުން ތިމަވެށިން ގެއްލުނު ބައެއް ތަކެތި ހޯދާފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ. އެ ތަކެތި ފެނިފައި ވަނީ އެ ދެމީހުން ހައްޔަރުކޮށް އެ ދެމީހުން ދިރިއުޅޭ ތަން ބަލައި ފާސް ކުރުމުގެ ތެރެއިން އެތަނުން އެކަކު ދިރިއުޅޭ ގެއިން ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

ހ. ތިމާވެށިން ވަގަށް ނެގި ސާމާނުގެ ތެރޭގައި އިލެކްޓްރޯނިކްސްއާއި އަތުކުރީ ގަޑި ހިމެނޭ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން އިތުރަށް ބުނީ އެ މައްސަލައިގައި ހައްޔަރު ކުރި ދެމީހުންނަކީ ވެސް ކުށުގެ ރިކޯޑު އޮންނަ ދެމީހުން ކަމަށެވެ. އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެތަނުން 30 އަހަރުގެ މީހާގެ ބަންދަށް 30 ދުވަސް އަދި 38 އަހަރުގެ މީހާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ގެންދަނީ އެ މައްސަލަ އިތުރަށް ބަލައި ތަހުގީގު ކުރަމުންނެވެ.