Advertisement

ޔޫއޭއީ ބަލިކޮށް ސެގާޓްގެ ތަޖިކިސްތާން ކުއާޓާ އަށް

29 ޖަނަވަރީ 2024 - 11:13 0


ޔޫއޭއީ ބަލިކޮށް ސެގާޓްގެ ތަޖިކިސްތާން ކުއާޓާ އަށް

29 ޖަނަވަރީ 2024 - 11:13 0

ދޯހާ (29 ޖެނުއަރީ) - އޭޝިއަން ކަޕްގެ ދެވަނަ ބުރުގައި ރޭ ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަތުން ޕެނަލްޓީ ޖަހައިގެން މޮޅުވެ، ތަޖިކިސްތާން މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.

ތަޖިކިސްތާންގެ ކޯޗު ޕީޓަ ސެގާޓް އަކީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްދިން ކޯޗެވެ.

ގަތަރުގައި ކުރިއަށްދާ މުބާރާތުގެ ދެ ވަނަ ބުރުގައި ރޭ ޔޫއޭއީ އާއި ތަޖިކިސްތާން ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިިރު ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެފަ އެވެ. އިތުރު ވަގުތުގެ ދެ ހާފުގައިވެސް މި ނަތީޖާ އަށް ބަދަލެއް ނާދެ އެވެ. ޕެނަލްޓީ ޖަހައިގެން ތަޖިކިސްތާނުން ކުރި ހޯދީ 5-3 އިންނެވެ.

ޕެނަލްޓީގައި ޔޫއޭއީގެ ކައިއޯ ކަނޭޑޯ ޖެހި އެ ޓީމުގެ ދެ ވަނަ ޕެނަލްޓީ ތަޖިކިސްތާންގެ ގޯލްކީޕަރު ރުސްޓާމް ޔަޓިމޯފް ވަނީ ދިފާއުކޮށްފަ އެވެ.

މިއީ އޭޝިއަން ކަޕްގައި އަލަށް ވާދަކުރާ ތަޖިކިސްތާން އިން ހޯދީ ވަރަށް ބޮޑު ކާމިޔާބެކެވެ. ފީފާ ރޭންކިންގެ 106 ވަނައިގައި އޮތް ތަޖިކިސްތާން މުބާރާތުގެ ކުއާޓާގައި ނުކުންނާނީ އިރާގް ނުވަތަ ޖޯޑަންއާ ދެކޮޅަށެެވެ.

ޕޯޗުގަލްގެ ކޯޗު ޕައުލޯ ބެންޓޯގެ އިރުޝާދުގެ ދަށުން މުބާރާތަށް ނުކުތް ޔޫއޭއީ ވަނީ އެންމެ ފަހުން އޮތް އޭޝިއަން ކަޕްގެ ދެ މުބާރާތުގައިވެސް ސެމީ ފައިނަލްގައި ވާދަކޮށްފަ އެވެ. އެކަމަކު، މި އަހަރުގެ މުބާރާތުން އެ ޓީމު ކެޓީ ފީފާ ރޭންކިންގައި 40 ދަރަޖަ ފަހަތުގައި އޮތް ޓީމެއް އަތުންނެވެ.

މި މެޗުގެ 30 ވަނަ މިނިޓުގައި ތަޖިކިސްތާން އިން ލީޑު ނެގީ އެ ޓީމުގެ ޑިފެންޑަރު ވަކްދަތު ކަނޯނޮފް ޖެހި ލަނޑުންނެވެ.

މެޗުގެ ދެ ވަނަ ހާފުގައި ވެސް ކައުންޓާ އެޓޭކްތަޖުގައި ތަޖިކިސްތާނަށް ވަނީ ލީޑު ފުޅާކުރުމަށް ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ.

ޔޫއޭއީ އަށް މެޗުގެ ނަތީޖާ ހަމަހަމަކުރެވުނީ މެޗުގެ އިތުރު ވަގުތުގައެވެ. ޔޫއޭއީ އަށް ލަނޑު ޖަހައިދިނީ ޑިފެންޑަރު ހަލިފާ އަލް ހަމާދީއެވެ.

މެޗަށް ފަހު، ސެގާޓް ވަނީ ތަޖިކިސްތާންގެ ކުޅުންތެރިންނަށް ތައުރީފްކޮށްފަ އެވެ.

"އަހަންނަކަށް ނޭނގޭ އަހަރަމެން މި މުބާރާތުގައި ދާނެ ހިސާބެއް ބުނާކަށް. ކޮންމެ މެޗެއްގައިވެސް މި ކުޅުންތެރިން ދައްކާ ކުޅުމުން އަހަރެންވެސް ހައިރާންވޭ،" ސެގާޓް ބުންޏެވެ.

މި މުބާރާތުގެ ދެ ވަނަ ބުރުގައި އިއްުޔެ އިންޑޮނޭޝިއާ އަތުން 4-0 އިން މޮޅުވެ، އޮސްޓްރޭލިއާ ވެސް ވަނީ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފަ އެވެ.

މުބާރާތުގެ ކުއާޓާ ފައިނަލްގައި އޮސްޓްރޭލިއާއާ ދެކޮޅަށް ނުކުންނާނީ ސައުދީ އަރަބިއްޔާ ނުވަތަ ދެކުނު ކޮރެއާ އެވެ.