Advertisement

ޖޮކޮވިޗްގެ ރެކޯޑް ނިމުމަކަށް ގެނެސް ސިނާ އޮސްޓްރޭލިއަން އޯޕަން ފައިނަލަށް

26 ޖަނަވަރީ 2024 - 14:20 0

ސެމީ ފައިނަލުގައި ސިނާ (ވ) އާއި ޖޮކޮވިޗް ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އޭއެފްޕީ


ޖޮކޮވިޗްގެ ރެކޯޑް ނިމުމަކަށް ގެނެސް ސިނާ އޮސްޓްރޭލިއަން އޯޕަން ފައިނަލަށް

26 ޖަނަވަރީ 2024 - 14:20 0

މެލްބާން، އޮސްޓްރޭލިއާ (ޖެނުއަރީ 26) - ނޮވަކް ޖޮކޮވިޗް ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑް ނިމުމަކަށް ގެނެސް އިޓަލީގެ ޖަނިކް ސިނާ، އޮސްޓްރޭލިއަން އޯޕަންގެ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

މިއީ އޮސްޓްރޭލިއަން އޯޕަންގެ ޗެމްޕިއަންކަން 10 ފަހަރު ހޯދި ޖޮކޮވިޗް، މި ފަހަރުގެ ސެމީ ފައިނަލްގެ ކުރިން އެންމެ ފަހުން، އޮސްޓްރޭލިއަން އޯޕަންގެ މެޗަކުން ބަލިވީ 2018 ވަނަ އަހަރު އެވެ.

އޭގެ ފަހުން، ޖޮކޮވިޗް ނުކުޅެ ދިޔައީ އޮސްޓްރޭލިއަން އޯޕަންގެ އެއް މުބާރާތެވެ. އެއީ، ކޮވިޑް ވެކްސިންގެ ސަބަބުން ވިސާ ހަމަނުޖެހިގެންނެވެ.

ހަތަރު ވަނަ އަށް ސީޑުކޮށްފައިވާ، ސިނާ، 22، އަތުން ޖޮކޮވިޗް ބަލިވީ 6-1، 6-2، 6-7، 6-3 އިންނެވެ. މި ނަތީޖާއާ އެކު، އޮސްޓްރޭލިއަން އޯޕަންގައި ޖޮކޮވިޗް މި ވަނީ 33 މެޗަށް ފަހު ބަލިވެފަ އެވެ.

މި ފަހަރުގެ އޮސްޓްރޭލިއަން އޯޕަން އަކީ ސިނާ ގްރޭންޑް ސްލޭމް ފައިނަލެއްގައި ފެންނާނެ ފުރަތަމަ ފަހަރު.---


ސިނާ ބުނީ މިދިޔަ އަހަރުގެ ވިމްބަލްޑަން ސެމީ ފައިނަލުގައި ޖޮކޮވިޗް އަތުން ބަލިވި މެޗުގައި ގިނަ ކަންތައްތަކެއް ދަސްވި ކަމަށެވެ. އެ މެޗަކީ، މިހާތަނަށް ސިނާ އަށް ގްރޭންޑް ސްލޭމް ޓެނިސް މުބާރާތެއްގައި އެންމެ ދުރަށް ދަތުރުކުރެވުނު ފަހަރެވެ. އެހެންކަމުން، މި ފަހަރުގެ އޮސްޓްރޭލިއަން އޯޕަން އަކީ ސިނާގެ ފުރަތަމަ ގްރޭންޑް ސްލޭމް ފައިނަލެވެ.

"މިއީ ވަރަށް އުނދަގޫ މެޗެއް. އަހަންނަށް މި މެޗުން އެނގުނު ޖޮކޮވިޗާ އަހަރެންގެ ކުޅުމުގައި އެއްގޮތް ކަންތައްތަކެއް ހުރިކަން،" ސިނާ ބުންޏެވެ.

ޖޮކޮވިޗް ބުނީ ސިނާ މި މެޗުގައި ކާމިޔާބު ހޯދީ ވަރަށް ތަފާތު މޮޅަށް ކުޅެގެން ކަމަށެވެ.

ޓެނިސް ގްރޭންޑް ސްލޭމް 24 މުބާރާތް ކާމިޔާބުކޮށްފައިވާ ޖޮކޮވިޗަށް މި ފަހަރުގެ އޮސްޓްރޭލިއަން އޯޕަންގެ ތަށި މުހިންމުވެފައި އޮތީ، ލެޖެންޑަރީ ތަރި މަގަރެޓް ކޯޓުގެ ގްރޭންޑް ސްލޭމް ރެކޯޑާ ހަމަކުރުމަށެވެ. މަގަރެޓް ކޯޓު ވަނީ 25 ގްރޭންޑް ސްލޭމް ތަށި ހޯދައިފަ އެވެ.

އާދިއްތަ ދުވަހު ކުޅޭ ފައިނަލުގައި ސިނާ، އާ ދެކޮޅަށް ނުކުންނާނީ ރަޝިއާގެ ޑަނީލް މެޑްވެޑޭވް ނޫނީ ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވްއާ އެވެ.

ސިނާގެ އެއް ރެކޯޑެއް، އެކާވީސް ވަނަ ގަރުނުގައި މިހާތަނަށް ފެނުނު އެންމެ މޮޅު ތިން ޓެނިސް ކުޅުންތެރިން ކަމަށްވާ ސްވިޒަލެންޑްގެ ރޮޖާ ފެޑެރާ، ސްޕެއިނުގެ ރަފައެލް ނަޑާލް އަދި ޖޮކޮވިޗަށް ވުރެ ރަނގަޅެވެ. ސިނާ އަކީ 21 އަހަރު ފުރުމުގެ ކުރިން އެންމެ ގިނަ މެޗުތަކުގައި މެޗު ޕޮއިންޓްތައް އަނބުރާލައި ނަތީޖާ ނެރުނު ކުޅުންތެރިޔާ އެވެ. އުމުރުން 20 އަހަރުގައި ސިނާ ވަނީ 14 މެޗު ޕޮއިންޓް އަނބުރާލައި، ހަ މެޗުން މޮޅުވެފަ އެވެ. މިއީ ޓެނިހުގެ ގިނަ ތަޖުރިބާކާރުންގެ ލޯ އަމާޒުވި ކަމެކެވެ.