about 2 hours 0
about 2 hours 0
ލަންޑަން (ޑިސެމްބަރު 27) - އިނގިރޭސި އެއް ވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާ، ޖެކް ޑްރެޕާ އަށް އަންނަ މަހު ފަށާ އަހަރުގެ ފުރަތަމަ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް، އޮސްޓްރޭލިއަން އޯޕަންގައި ކުޅުމުގެ ފުރުސަތު ގެއްލިއްޖެ އެވެ.
މިދިޔަ އަހަރުގެ ވިމްބަލްޑަން ޓެނިސް މުބާރާތަށް ފަހު، ޑްރެޕާ، 24، އަށް ކުޅެވުނީ އެންމެ ސިންގަލްސް މެޗެކެވެ. މި އަހަރުގެ ޓެނިސް ސީޒަން އަވަހަށް ނިންމާލަން، ޑްރެޕާ ނިންމި އެންމެ ބޮޑު ސަބަަބަކީ އަންނަ އަހަރުގެ ސީޒަނަށް ރަނގަޅަށް ފިޓްވުމަށެެވެ.
އެކަމަކު، އަތަށް ލިބިފައިވާ އަނިޔާއިން ރަނގަޅުވެފައިނުވާތީވެ، އޮސްޓްރޭލިއާގެ މެލްބާންގައި އަންނަ މަހު ފަށާ އޮސްޓްރޭލިއަން އޯޕަންގައި ޑްރެޕާ ނުކުޅޭނެ އެވެ.
ޖެނުއަރީ 18 ވަނަ ދުވަހު ފަށާ އޮސްޓްރޭލިއަން އޯޕަންގައި ނުކުޅެވޭނެކަން ޑްރެޕާ އިއުލާނުކުރީ، އެކްސް (ކުރިން ޓްވިޓާ)ގައި ކުރި ޕޯސްޓެއްގަ އެވެ. ޑްރެޕާ ބުނީ އުންމީދު ކޮށްގެން ހުރި ގޮތާ ހިލާފަށް އޮސްޓްރޭލިއަން އޯޕަންގައި ނުކުޅެވުމަކީ ލިބިގެންދިޔަ ގެއްލުމެއް ކަމަށެވެ.
ދުނިޔޭގެ ރޭންކިން 10 ވަނައިގައި އޮތް ޑްރެޕާ އަށް އަނިޔާގެ ސަބަބުން، ލަންޑަންގައި މި މަހު ކުރީކޮޅުގައި ބޭއްވި އަލްޓިމޭޓް ޓެނިސް ޝޯޑައުން (ޔޫޓީއެސް)ގައި ވާދަކުރުމުގެ ފުރުސަތު ވެސް ގެއްލުނެވެ. މިދިިޔަ އަހަރު ދުނިޔޭގެ ރޭންކިން ހަތަރު ވަނަ އަށް ވެސް ޖެހިލި ޑްރެޕާގެ ވިސްނުން ހުރީ އަންނަ ސީޒަނުގެ ދެ ވަނަ ގްރޭންޑް ސްލޭމް، ފްރެންޗް އޯޕަން، މެއި މަހުގައި ފެށުމުގެ ކުރިން ފިޓްނަސް އެންމެ ރަނގަޅު ލެވަލަށް ގެންގޮސް ފޯމަކަށް އެޅުމަށެވެ.
Comment