Advertisement

މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ބިދޭސީއަކު ޒަހަމްކޮށްލައިފި

25 ޖަނަވަރީ 2024 - 21:00 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ކްރައިމް ސީންއެއްގައި ފުލުހުން ޓޭޕު އަޅައި ބަންދުކޮށްފައި. --ފައިލް ފޮޓޯ


މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ބިދޭސީއަކު ޒަހަމްކޮށްލައިފި

25 ޖަނަވަރީ 2024 - 21:00 0

މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ބިދޭސީއަކު ޒަހަމްކޮށްލައިފި އެވެ.

މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ބިދޭސީ މީހާއަށް މިހާރު އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެ އެވެ. ފުލުހުން ބުނީ މި މާރާމާރީ ހިނގާފައި ވަނީ މިރޭ އިރުއޮއްސި 19:26 ގައި ކަމަށެވެ.

މި މާރާމާރީ ހިނގާފައި ވަނީ މުތީ ގޯޅިތެރޭގަ އެވެ.

މި މައްސަލައާއި ގުޅިގެން ބިދޭސީއަކު ހައްޔަރުކޮށްފައި ވެއެވެ. ފުލުހުން ބުނީ މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން ދާކަމަށެވެ.

މި މާރާމާރީ ހިނގި ވަގުތުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އެވީޑިއޯއިން ފެންނަނީ ބިދޭސީ މީހާގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާތަނެވެ. އަނިޔާގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.