ޗައިނާގެ ރިސާޗު އުޅަނދު ރާއްޖެ އަންނާނެ، އެކަމަކު ދިރާސާއެއް ނުކުރާނެ: ސަރުކާރު

ރާއްޖެއަށް ދަތުރު ކުރަމުންދާ ޗައިނާގެ ރިސާޗު އުޅަނދު --

ރާއްޖެއަށް ދަތުރު ކުރަމުންދާ ޗައިނާގެ ރިސާޗު އުޅަނދު --

ކަނޑު ދިރާސާ ކުރަ ޗައިނާގެ އުޅަނދު ރާއްޖެ އަންނަކަން ކަށަވަރު ކޮށްދިނުމަށްފަހު އެ އުޅަނދު އަންނަނީ ދިރާސާ ކުރަން ނޫން ކަމަށް ފޮރިން މިނިސްޓަރީން ބުނެފި އެވެ.

ފޮރިން މިނިސްޓަރީން ނޫސްތަކަށް މިއަދު ފޮނުވި ކުރު ބަޔާނެއްގައި ބުނީ ދިރާސާ ކުރާ ޗައިނާގެ އުޅަނދެއް ރާއްޖެ އަންނަނީ ކުރޫއިން ބަދަލު ކުރުމާއި ސްޓޮކު އައު ކުރުމަށް ކަމަށެވެ. އަދި އެކަން ކުރަނީ އެ ބޯޓު ރާއްޖޭގައި ބަނދަރު ކޮށްދިނުމުގެ ހުއްދައަކަށް ޗައިނާގެ ސަރުކާރުން ރާއްޖޭގައި ރަސްމީކޮށް އެދިގެން ކަމަށެވެ.

ނަމަވެސް އެ ބޯޓުން ރާއްޖޭގެ ސަރަހައްދުގައި ދިރާސާގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދާނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

"ޗައިނާ ސަރުކާރުން ވަނީ އެ އުޅަނދުގައި ތިބި ކުރޫއިން ބަދަލު ކުރުމާއި ސްޓޮކު އައު ކުރުމަށް ރާއްޖޭގައި ބަނދަރުކޮށްދިނުމުގެ ހުއްދައަކަށް ދިވެހި ސަރުކާރުގައި ރަސްމީކޮށް އެދިފައި، އެ އުޅަނދުން ރާއްޖޭގައި އެއްވެސް ދިރާސާއެއް ނުކުރާނެ،" ބަޔާނުގައި އެވެ.

ރާއްޖެ އައުމަށް ހަމަޖެހިފައިވާ ބޯޓަކީ ޗައިނާ ސަރުކާރުގެ ޝިޔެންގް ޔެންގް ހޮންގް 3 ނަމަކަށް ކިޔާ އުޅަނދެކެވެ. ކަނޑު އުޅަނދުތައް ޓްރެކްކުރާ ސައިޓުތަކުން ދައްކާގޮތުން އެ އުޅަނދު މިހާރު ދަނީ ޖާވާ ކަނޑުން ރާއްޖެއާ ދިމާލަށް ދަތުރުކުރަމުންނެވެ. އެ އުޅަނދު މާލެއަށް ބަނދަރުކުރާނެ ކަމަށް ލަފާކޮށްފައިވަނީ މި މަހުގެ 30 ގަ އެވެ.

ފޮރިން މިނިސްޓަރީން ބުނީ ރާއްޖެއާ ގާތް ގުޅުން އޮންނަ ގައުމުތަކުގެ މިލިޓަރީ އަދި ސިވިލް އުޅަނދުފަހަރަށް ރާއްޖޭގައި ބަނދަރުކޮށް ސުލްހަވެރި ހަރަކާތްތެރިކަން ހިންގުމުގެ ހުއްދަ ދޭ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ގައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަވެ ބަދަހިވެގެންދާ ކަމަށް ފޮރިން މިނިސްޓަރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ބައިނަލްއަގުވާމީ ގޮތުން އެފަދަ ކަންކަމުގައި ދުނިޔޭގައި އަމަލު ކުރާ ބެސްޓު ޕްރެކްޓިސްއާއި މެރިޓައިމް ގާނޫނުގައި އެކަމާ ގުޅުންހުރި މާއްދާތައް ރާއްޖެއިން ނަގަހައްޓާނެ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

ގާތްގަނޑަކަށް 100 މީޓަރުގެ ޝިޔެންގް ޔެންގް ހޮންގް 3 އަކީ ޗައިނާގެ ސްޓޭޓް އޯޝަނިކް އެޑްމިނިސްޓްރޭޝަން (އެސްއޭއޯ) ގެ ފްލީޓަށް 2016 ގައި އިތުރުކުރި އުޅަނދެކެވެ. މިއީ މިވަގުތު ޗައިނާގައި އޮތް 4،500 ޓަނުގެ އެންމެ ބޮޑު އުޅަނދެވެ.

2019 އިން ފެށިގެން ޗައިނާގެ ޕައިލެޓް އޯޝެން ލެބޯރެޓަރީގެ "ޑިސްޓަންޓް ވޯޓާ" އަދި "ޑީޕް ސީ" ސާވޭ ކުރުމަށްވެސް ޗައިނާއިން މި އުޅަނދު ބޭނުންކުރަމުންދެ އެވެ. އެގޮތުން ކަނޑުގެ ލޮނުގަނޑުގެ ދިރާސާތަކާއި، މައިކްރޯބިއަލް ޖެނެޓިކްގެ ދިރާސާތައް، ކަނޑު އަޑިން މައުދަން ހޯދުން، އަދި ކަނޑު އަޑީގެ ދިރުންތަކާއި ވެށީގެ ދިރާސާތަކަށްވެސް މި އުޅަނދު ބޭނުންކުރެވޭނެ އެވެ.

ޗައިނާގެ ރިސާޗު އުޅަނދެއް ރާއްޖެއަށް އައުމަށް ދިވެހި ސަރުކާރުން ހުއްދަ ދީފައިވާއިރު، ޗައިނާގެ އުޅަނދުތައް އިންޑިއާ ކަނޑުގެ ސަރަހައްދުގައި ހަަރަކާތްތެރިވުމާ ދެކޮޅަށް އިންޑިއާއިން އަންނަނީ ވަރަށް އަޑުހަރުކޮށް ބަސް ބުނަމުންނެވެ. އިންޑިއާގެ އިތުރުން، ޗައިނާގެ ރިސާޗު އުޅަނދުތައް ސްރީލަންކާގެ ސަރަހައްދަށް ވަނުން އެގައުމުގެ ސަރުކާރުންވެސް ވަނީ އެއް އަހަރު ދުވަހުގެ މުއްދަތަށް މަނާކޮށްފަ އެވެ.

އެޕްރީލް 2022, ގައި ލަންކާގެ މުޅި އިގްތިސާދު ފުނޑިގެންދިޔުމުގެ ކުރިން އެ ގައުމުން ޗައިނާއިން ގިނަ އަދަދެއްގެ ލޯނުތައް ނެގި އެވެ. ލަންކާގެ ދަރަނީގެ ޖުމުލަ 10 އިންސައްތައަށްވުރެ ގިނައިން ހިއްސާކުރަނީ ޗައިނާއިން ނަގާފައިވާ ލޯނުތަކެވެ. އޭގެ ތެރެއިން ބައެއް ލޯނުތައް ނުދެއްކި ހަމްބަންޓޯޓާގައި އޮންނަ ބަނދަރު މިހާރު ކޮންޓްރޯލް ކުރަނީ ޗައިނާއިންނެވެ.

އެމެރިކާއިން އަންދާޒާކުރާ ގޮތުގައި 2019 އިން ފެށިގެން ޗައިނާގެ ސައިންޓިފިކް ރިސާޗުގެ 48 އުޅަނދެއް އިންޑިއާ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox