Advertisement

އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރަކަށް ފިފްޝީން

22 ޖަނަވަރީ 2024 - 21:19 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރު ކަމަށް އައްޔަންކުރި ފިފްޝާން


އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރަކަށް ފިފްޝީން

22 ޖަނަވަރީ 2024 - 21:19 0

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލުއި ލޯނު ހަމަޖެއްސުމަށް ޓަކައި އުފައްދާފައިވާ ކުންފުނި، ސްމޯލް އެންޑް މީޑިއަމް ޑިވެލޮޕްމަންޓް ފިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައިޝަތު ފިފްޝީން އަލީ އައްޔަންކޮށްފި އެވެ.

ފިފްޝީން ބޭންކިން ދާއިރާ އަދި ފިނޭންސް ދާއިރާގެ ކެރިއަރު ފެއްޓެވީ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި 2003 ވަނަ އަހަރުގަ އެވެ. ގައުމީ ބޭންކުގައި އޭނާ ވަނީ ހެޑް އޮފް ޗެނަލް މެނޭޖުމަންޓާއި ހެޑު އޮފް އެކުއަރިން އެންޑް ޑިޖިޓަލް ޕޭމަންޓު ފަދަ އިސް މަގާމުތައް ފުރުއްވައިފަ އެވެ.

ފިފްޝީން ވަނީ އޮސްޓްރޭލިއާގެ ކާޓީން ޔުނިވާސިޓީން ބަޗެލާސް އޮފް ކޮމާސް ހާސިލްކުރައްވައިފަ އެވެ. އަދި އޮސްޓްރޭލިއާގެ އެޑިތު ކޮވަން ޔުނިވާސިޓީން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އެންޑް އިންޓަނޭޝަނަލް ބިޒްނަސް ހާސިލްކުރައްވައިފަ އެވެ.

އޭނާ ވަނީ އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓާޑް ބޭންކާސްއިން ޕްރޮފެޝަނަލް ބޭންކަރެއްގެ ގޮތުގައި ތަމްރީން ހޯއްދަވައިފަ އެވެ. އަދި މެލޭޝިޔާއިން ވެސް ޗާޓާޑް ބޭންކާއެއްގެ ކޮލިފިކޭޝަން ހޯއްދަވައިފަ އެވެ.