Advertisement

ޓޫ ސްޓޭޓު ހައްލަށް އީޔޫއިން އިޒްރޭލަށް ބާރުއަަޅައިފި

23 ޖަނަވަރީ 2024 - 06:21 1

ފަލަސްތީނުގެ އަވަށެއް ކަމުގައިވާ ރަފާއިން މި ފޮޓޯ ނަގާފައިވަނީ ޖެނުއަރީ 22، 2024 ގައި. މި ތަސްވީރުން އެ ފެންނަނީ ހަމާސް އާއި އިޒްރޭލްގެ އަސްކަރިއްޔާ މިހާރު ކުރިއަށްދާ ހަނގުރާމައިގައި ދިން ބޮމުގެ ހަމަލާގައި އަރާފައި ވެސް ދުންތައް. -- ފޮޓޯ: އޭއެފްޕީ


ޓޫ ސްޓޭޓު ހައްލަށް އީޔޫއިން އިޒްރޭލަށް ބާރުއަަޅައިފި

23 ޖަނަވަރީ 2024 - 06:21 1

އަސްކަރީ ބާރުން އެކަނި ހަމަޖެހުން ގާއިމު ނުކުރެވޭނެކަން ފާހަގަ ކުރައްވައި، ފަލަސްތީނާއި އިޒްރޭލުގައި ހަމަޖެހުން ގާއިމު ކުރަން ޓޫ ސްޓޭޓު ހައްލަށް ދިޔުމަށް އީޔޫއިން އިޒްރޭލަށް ބާރު އަޅައިފި އެވެ.

ފަލަސްތީނު މިނިވަން ދައުލަތަކަށް ވުމަކީ ގަބޫލު ކުރާނެ ކަމެއް ނޫން ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވުން އދ. އިން އެކަން ކުށްވެރިކޮށްފައި ވާއިރު، އީޔޫގެ ފޮރިން ޕޮލިސީގެ އިސްވެރިޔާ ޖޯސެޕް ބޮރެލް ވެސް ވަނީ އެކަން ކުށްވެރި ކުރައްވައިފަ އެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ޓޫ ސްޓޭޓު ހައްލު،" ބޮރެލް ވިދާޅުވި އެވެ.

އެ ނޫން އެހެން ހައްލުތަކަކީ ކޮބައިތޯ ވިދާޅުވެ ބޮރެލް ވަނީ ސުވާލުތަކެއް ކުރައްވައިފަ އެވެ. އެ ހައްލަކީ ފަލަސްތީނުގެ ރައްޔިތުން ވަޒަން ދޫކޮށްލުންތޯ؟ ނުވަތަ އެ ބައިމީހުން މަރައިލުންތޯ؟ އޭނާ ވިދާޅުވި އެވެ.

އޮކްޓޯބަރު 7، 2024 ގައި ހަމާސްއިން އިޒްރޭލަށް ދިން ކުއްލި ހަމަލާ އަށް ފަހު، އިޒްރޭލުން ރައްދުގައި ދެމުންދާ ނުރައްކާތެރި ހަމަލާތަކުގައި ގާޒާއިން 25،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. އަދި މި ފަހަރުގެ ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ ސުލުހައަށް ވަނީ ބުރޫ އަރައިފަ އެވެ.

އެ ހަނގުރާމަ ފެށުނު ފަހުން އިޒްރޭލުން ދަނީ، ހަމާސްއަށް ވާގިވެރިވާ އިރާނުގެ އަސްކަރިއްޔާގެ އޮފިސަރުންގެ ތެރެއިން ސީރިއާގައި ތިބި ފަރާތްތަކަށް އަމާޒުކޮށް ވެސް ހަމަލާ ދެމުންނެވެ.