Advertisement

ފިއުލް ފާމް ބަދަލުކުރަނީ ތިލަފުށީ ކައިރީގައި އޮންނަ މާގިރިފަޅަށް، ޝެރަޓަން ކައިރިއަކަށް ނޫން

22 ޖަނަވަރީ 2024 - 12:50 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ފިއުލް ފާމް ބަދަލުކުރަން ނިންމާފައިވާ ފަޅު ފެންނަ މެޕެއް.


ފިއުލް ފާމް ބަދަލުކުރަނީ ތިލަފުށީ ކައިރީގައި އޮންނަ މާގިރިފަޅަށް، ޝެރަޓަން ކައިރިއަކަށް ނޫން

22 ޖަނަވަރީ 2024 - 12:50 0

ކ. ފުނަދޫގައި ގާއިމުކޮށްފައިވާ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ފިއުލް ފާމް ބަދަލުކުރާ ކ. މާގިރިފަޅާ ގުޅޭ ގޮތުން އަރާފައިވާ އޮޅުންތައް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުالله މުއްތަލިބު ސާފުކޮށްދެއްވައިފި އެވެ.

އިއްޔެ ރައީސް އޮފީހުން އެ ނިންމުން ހާމަކުރުމާ އެކު ބައެއް ފަރާތްތަކަށް ބެލެވިފައި އޮތީ އެ ފަޅަކީ ޝެރަޓަން ރިސޯޓު ކައިރީގައި އޮންނަ މާގިރިފަޅު ކަމަށެވެ.

އެކަމާ ގުޅިގެން ތިމާވެށި ހިމާޔަތް ކުރަން ވަކާލާތު ކުރާ ޖަމިއްޔާތަކުންނާއި ޑައިވް އިންޑަސްޓްރީގެ އިސް ބޭފުޅުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެއީ, އެ ސަރަހައްދަކީ މޫދުގެ ދިރުންތަކުން މުއްސަނދި ހަތް ޑައިވް ސައިޓެއް ހިމެނޭ ސަރަހައްދެއް ކަމަށް ބުނެ އެވެ.

މިނިސްޓަރު މުއްތަލިބު ވަނީ އެއީ އެ ފަޅު ނޫން ކަމަށާއި އެއީ ތިލަފުށި ކުރިމަތީގައި އޮންނަ ފަޅު ކަމަށް ވިދާޅުވެފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ސްޕެޝަލް އިކޮނޮމިކް ޒޯނަކަށް ފުނަދޫ ހަދައި، ބައިނަލްއަގުވާމީ ފައިނޭންޝަލް ސެންޓަރެއް އެ ރަށުގައި ގާއިމު ކުރުމަށް ނިންމާފަ އެވެ. ފިއުލް ފާމް އެހެން ތަނަކަށް ބަދަލުކުރަނީ އެ މަސައްކަތް ކުރުމަށެވެ.

ފުނަދޫގައި މިވަގުތު 48,000 ޓަނުގެ ޑީސަލާއި 10,000 ޓަނުގެ ޕެޓްރޯލް ރައްކާ ކުރުމުގެ ކެޕޭސިޓީ ހުރެ އެވެ.