Advertisement

އައްޑޫ ބްރިޖު އަޅަން މިސްރު ކުންފުންޏެއްގެ ޕްރޮޕޯސަލެއް، ހިލޭ ސާވޭ ކުރެވޭތޯ ބަލަނީ

21 ޖަނަވަރީ 2024 - 18:21 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ތިލަމާލެ ބްރިޖު ހެދުމުގެ މަސައްކަތް ކުރިއަށްދަނީ. އައްޑޫގެ ބްރިޖާ ގުޅޭ ސާވޭތައް ހެދުމަށް ވެސް އެ ކުންފުނިން ޝައުގުވެރިވާ ކަމަށް ސަރުކާރުން ބުނޭ --- ފޮޓޯ: އަބްދުالله އިޔާން/އަދަދު


އައްޑޫ ބްރިޖު އަޅަން މިސްރު ކުންފުންޏެއްގެ ޕްރޮޕޯސަލެއް، ހިލޭ ސާވޭ ކުރެވޭތޯ ބަލަނީ

21 ޖަނަވަރީ 2024 - 18:21 0

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް އައްޑޫ ހިތަދޫ އާއި ހުޅުމީދޫ ގުޅުވާލަ ދޭ ބްރިޖުގެ މަސައްކަތް ކުރުމަށް މިސްރުގެ އަރަބް ކޮންޓްރެކްޓާސް ގްރޫޕުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި އެކަމަށް ބޭނުންވާ ސާވޭގެ ކަންކަން ވެސް އެ ކުންފުންޏާއެކު މަޝްވަރާކޮށްގެން ކުރިއަށްގެންދިޔުމަށް ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

ހިތަދޫ-ހުޅުމީދޫ ގުޅޭ ބްރިޖުގެ މަސައްކަތް ކުރުމަށް އެ ކުންފުނިން ޝައުގުވެރިކަން ފާޅުކޮށްފައިވާތީ އެ ޕްރޮޕޯސަލްއާ މެދު އިކޮނޮމިކް ކައުންސިލުގައި މަޝްވަރާ ކޮށްފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ބުންޏެވެ.

"އެކަމާ ގުޅިގެން ކުރަން ޖެހޭ ސާވޭތައް އެ ކުންފުނިން ހިލޭސާބަހާ ކޮށްދޭނެ ކަމުގެ އިޝާރާތެއް ވެފައިވާތީ އެކަން އެގޮތަށް ކޮށްދޭން ތައްޔާރަށް ތިބި ކަމަށްވާ ނަމަ އެ މަސައްކަތް އެ ބޭފުޅުންނާ މަޝްވަރާކޮށްގެން ކުރިއަށްގެންދިޔުމަށް އިކޮނޮމިކް ކައުންސިލުން ވަނީ ނިންމާފައި," އެ އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުالله ނާޒިމް ވިދާޅުވި އެވެ.

ވެރިކަމުގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި އެ ބްރިޖުގެ މަސައްކަތް ފައްޓަވާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވައުވެވަޑައިގަނެފަ އެވެ.

ހިތަދޫ އާއި ހުޅުމީދު ގުޅާލަދޭ ބްރިޖު އެޅުމުގެ މަސައްކަތަށް ބޭނުންވާ ސާވޭއަށް މި އަހަރުގެ ބަޖެޓުގައި 30 މިލިއަން ރުފިޔާ ބަޖެޓުކޮށްފައި ވެ އެވެ. އަދި ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މި މަސައްކަތް ފަށަން ސަރުކާރުގެ "ހަފުތާ14" ރޯޑުމެޕުގައި ހިމަނާފައި ވެ އެވެ.