Advertisement

މެންބަރު ފިރުޝާން ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރައްވަނީ

21 ޖަނަވަރީ 2024 - 16:01 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

މެންބަރު ފިރުޝާން؛ ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރައްވާނެ ކަން އިއުލާން ކުރައްވައިފި - ފޮޓޯ: މަޖިލިސް


މެންބަރު ފިރުޝާން ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރައްވަނީ

21 ޖަނަވަރީ 2024 - 16:01 0

ރައްޔިތުންގެ މަޖިލީހުގައި މި ވަގުތު މަޑަވެލި ދާއިރާ ތަމްސީލް ކުރައްވާ މެންބަރު ހުސައިން ފިރުޝާން، މި އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރައްވާނެ ކަން އިއުލާން ކުރައްވައިފި އެވެ.

ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ މެންބަރު ފިރުޝާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑިމޮކްރެޓްސްގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާއިރު ޕާޓީ މެންބަރުންގެ ސަޕޯޓާއި ދާއިރާ އެންމެ މީހުންގެ ތާއީދު ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އެމްޑީޕީއާ މެދު ހިތްހަމަނުޖެހި، އެ ޕާޓީ ދޫކޮށް ދިޔަ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ ސަޕޯޓަރުން އުފެއްދި ޑިމޮކްރެޓްސްގެ ޓިކެޓުގައި މަޖިލީހުގެ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ނިންމާފައިވަނީ އެތެރޭގެ ޕްރައިމަރީއަކުންނެވެ. ޕްރައިމަރީ އޮތީ ފެބްރުއަރީ 17، ގަ އެވެ.

މާޗު 17، ގައި ބާއްވާ މަޖިލީހުގެ އިންތިހާބަށް ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރައްވާނެ ކަމަށް، މި ވަގުތު މަޖިލީހުގައި ތިއްބެވި އެ ޕާޓީއަށް ނިސްބަތްވާ މެންބަރުންގެ ތެރެއިން އަދި އިއުލާން ކުރެއްވީ ފިރުޝާން އެކަންޏެވެ.

މައްޗަންގޯޅި މެދު ދާާއިރާގެ މެންބަރަކަށް ހުންނެވި ނަޝީދު ވާދައެއް ނުކުރައްވާނެ އެވެ. އެމަނިކުފާނު ހުންނެވީ މި ވަގުތަށް ސިޔާސީ މަސައްކަތާ ދުރަށް ޖެހިވަޑައިގެންނެވެ.