Advertisement

ޖެޓު ޖެއްސޭވަރަށް ފުވައްމުލަކު ރަންވޭ ބޮޑުކުރަން މަޝްވަރާކޮށްފި

21 ޖަނަވަރީ 2024 - 12:33 1

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ފުވައްމުލަކު އެއާޕޯޓު ސަރަހައްދު؛ ރަންވޭ ދިގުކުރުމަށް ނިންމާފައި ވަނީ ޖެޓު ޖެއްސޭވަރަށް ކަމަށް ރީޖަނަލް އެއާޕޯޓްސްއިން ބުނޭ -- ފޮޓޯ: މިރާޝް/އަދަދު


ޖެޓު ޖެއްސޭވަރަށް ފުވައްމުލަކު ރަންވޭ ބޮޑުކުރަން މަޝްވަރާކޮށްފި

21 ޖަނަވަރީ 2024 - 12:33 1

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ޖެޓު ޖެއްސޭވަރަށް ފުވައްމުލަކު އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމަށް ރީޖަނަލް އެއާޕޯޓްސް އާއި ސިޓީ ކައުންސިލުން މަޝްވަރާކޮށްފި އެވެ.

ފުވައްމުލަކު އެއާޕޯޓު ޖެޓު ޖެއްސޭވަރަށް ބޮޑުކުރުމާއި، ޖެޓު ޕާކުކުރެވޭނެ ޖާގަ ގާއިމްކުރުމަށް ރީޖަނަލް އެއާޕޯޓްސް އާއި ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި މަޝްވަރާކުރިކަމަށް ރީޖަނަލް އެއާޕޯޓުން ނެރުނު ބަޔާނުގައި ބުނެ އެވެ.

ފުވައްމުލަކު އެއާޕޯޓްގެ ރަންވޭ އޮރިއެންޓޭޝަން ބަދަލުކުރުމާއި ރަންވޭ ދިގުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

ފުވައްމުލަކު ސިޓީ އެއާޕޯޓަށް އަންނަ ތަރައްގީގެ ތެރޭގައި ރަންވޭ އޮރިއެންޓޭޝަން ބަދަލުކޮށް ޖެޓްޖެއްސޭވަރަށް ރަންވޭ ބޮޑުކުރުމާއި، ޖެޓް ޕާކިންއަށް ހާއްސަކޮށް އޭޕްރައިން ޖާގެ އިތުރު ކުރުމާއި، ޖެޓް ފިއުލް ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި، ފްލައިން ސްކޫލެއް ގާއިމް ކުރުން ހިމެނެއެވެ.

ރަންވޭ ބޮޑުކުރެވެން ހުރި އޮޕްޝަންސްތައް ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީން ވަނީ ސިޓީ ކައުންސިލާ ހިއްސާކޮށްފަ އެވެ. އަދި އެއާޕޯޓް ތަރަށްގީގެ މާސްޓާ ޕްލޭނާއި ބެހޭގޮތުން ވަރަށް ފުޅާދާއިރާއެއްގައި ވާހަކަ ދެކެވުނު ކަމަށް ރީޖަނަލް އެއާޕޯޓުގެ ބަޔާނުގައި ބުންޏެވެ.

އޭގެ އިތުރުން ފުވައްމުލަކު ސިޓީ އެއަރޕޯޓާއި އިންވެގެން ދެކުނަށް އޮންނަ ހުސްބިމުގައި ޓުއަރިޒަމް ޒޯނެއް ގާއިމް ކުރުމަށް ސިޓީ ކައުންސިލު އަދި ރީޖަނަލް އެއާޕޯޓާ ދެމެދު އެއްބަސްވުމުގައި ސޮއިކުރި އެވެ.