Advertisement

އިޓާލިއަން ސުޕަ ކަޕް ފައިނަލުގައި ނަޕޯލީ އާއި އިންޓަގެ ކުރިމަތިލުމެއް

20 ޖަނަވަރީ 2024 - 12:07 0

އިންޓަގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ


އިޓާލިއަން ސުޕަ ކަޕް ފައިނަލުގައި ނަޕޯލީ އާއި އިންޓަގެ ކުރިމަތިލުމެއް

20 ޖަނަވަރީ 2024 - 12:07 0

ރިޔާދު، ސައުދީ އަރަބިއްޔާ (ޖެނުއަރީ 20) - ސައުދީ އަރަބިއްޔާގައި މިހާރު ކުރިއަށްދާ އިޓާލިއަން ސުޕަ ކަޕް ފައިނަލުން ނަޕޯލީ އާއި އިންޓަ މިލާން ފުރުސަތު ހޯދައިފި އެވެ.

ފައިނަލުގެ ފުރަތަމަ ޖާގަ ހޯދީ ސެމީ ފައިނަލް ފުރަތަމަ މެޗުގައި، ފިއޮރެންޓީނާ އަތުން 3-0 އިން މޮޅުވި ނަޕޯލީ އެވެ. މި މެޗުގެ 22 ވަނަ މިނިޓްގައި، ނަޕޯލީ އަށް ލީޑުނަގައިދިނީ ޖިއޮވާނީ ސިމިއޯނީ އެވެ. ފިއޮރެންޓީނާ އިން ނަތީޖާ ހަމަހަމަކުރެވޭތޯ ގިނަ މަސައްކަތްތަކެއް ކުރި މި މެޗުގައި، ނަޕޯލީން ފަހު ދެ ގޯލު ޖެހި މެޗުގެ ފަހު 10 މިނިޓް ތެރޭގަ އެވެ. މި ދެ ގޯލު ވެސް ޖެހީ، އިޓަލީގެ ފޯވާޑް، އަލެސިއޯ ޒާބިން އެވެ. އޭނާ ދެ ގޯލު ޖެހީ ތިން މިނިޓް ތެރޭގަ އެވެ.

އިންޓަ އިން ވަނީ ރޭ ކުޅުނު ދެ ވަނަ ސެމީގައި ލާޒިއޯ ކައިރީގައި މެޗު ކޮންޓްރޯލް ކޮށްގެން ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. އެ ގޮތުން، އިންޓަ އިން ލީޑުނެގީ 17 ވަނަ މިނިޓްގައި މާކަސް ތުރާމް ޖެހި ގޯލުންނެވެ. ފުރަތަމަ ހާފު ނިންމާލީ އެއް ގޯލުގެ ލީޑެއްގަ އެވެ.

އެކަމަކު، އިންޓަ އިން ވަނީ ދެ ވަަނަ ހާފު ފެށިގެން ފަސް މިނިޓް ތެރޭ ދެ ވަނަ ގޯލެއް ޖަހައިފަ އެވެ. މި ލަނޑު ޖެހީ، ޕެނަލްޓީ އަކުން ތުރުކީގެ މިޑްފީލްޑަރު، ހަކަން ޗޮނޮނޮގްލޫ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައިވަނިކޮށް، އިންޓަ އަށް ފައިނަލުގެ ޖާގަ ޔަގީންކޮށްދިނީ މި ފަހުން ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ އިޓަލީގެ މިޑްފީލްޑަރު، ޑަވިޑޭ ފްރަޓޭސީ އެވެ.

ނަޕޯލީ އާއި އިންޓަ ކުޅޭ ސުޕަ ކަޕް ފައިނަލް މެޗު އޮންނާނީ އަންނަ ހޯމަ ދުވަހު އެވެ. ނަޕޯލީ އަކީ އިޓާލިއަން ލީގުގެ އެންމެ ފަހުގެ ޗެމްޕިއަނެވެ. މި ވަގުުތު އިޓާލިއަން ލީގުގެ ކުރީގައި އޮތީ އިންޓަ އެވެ. އެހެންކަމުން، މިއީ ފޯރިގަދަ ކުރިމަތިލުމަކަށްވާނެ އެވެ.