Advertisement

އޮސްޓްރޭލިއާ ދެ ވަނަ ބުރަށް، އިންޑިއާ ފަހަތަށް

18 ޖަނަވަރީ 2024 - 23:34 0

އުޒްބެކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ޗެތުރީ ބޯޅަ ހިފައިގެން،--- ފޮޓޯ: އޭއެފްޕީ


އޮސްޓްރޭލިއާ ދެ ވަނަ ބުރަށް، އިންޑިއާ ފަހަތަށް

18 ޖަނަވަރީ 2024 - 23:34 0

ދޯހާ، ގަތަރު (ޖެނުއަރީ 18) - އޭޝިއަން ކަޕްގެ ގުރޫޕް ބީގައި މިއަދު ސީރިއާ އަތުން 1-0 އިން މޮޅުވެ އޮސްޓްރޭލިއާ ދެ ވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރިއިރު، މި ގުރޫޕްގައި މިރޭ އިންޑިއާ އަތުން 3-0 އިން މޮޅުވެ އުޒްބެކިސްތާން ވަނީ ދެވަނަ ބުރުގެ ފުރުސަތު ބޮޑުކޮށްފައެވެ.

ސީރިއާއާ ދެކޮޅަށް ކުޅުނު މެޗުގައި އޮސްޓްރޭލިއާ އަށް މާ ބޮޑު ތަފާތެއް ނުދެއްކުނަސް، އެ ޓީމުން މެޗު ކާމިޔާބުކުރީ މެޗުގެ 59 ވަނަ މިނިޓުގައި ޖެކްސަން އައިވީން ޖެހި ލަނޑުންނެވެ.

މި މެޗުގައި އޮސްޓްރޭލިއާގެ ކުޅުން ދަށްވިޔަސް، އެ ޓީމުގެ ކޯޗު ގްރަހަމް އާނޯލްޑް ބުނީ އޮސްޓްރޭލިއާ މެޗުން މޮޅުވީ ހަމައެކަނި ނަސީބު ރަނގަޅުވެގެން ކަމަށް ނުބުނެވޭނެ ކަމަށެވެ.

"އެންމެ މުހިންމު ކަމަކީ އަހަރަމެންގެ މެންޓާލިޓީ، އަދި މަސައްކަތުގެ ރޭޓާއި ކޮޅަށް ލަނޑެއް ނުވައްދައި މެޗު ނިންމާލުން،" އާނޯލްޑް ބުންޏެވެ.

އޮސްޓްރޭލިއާ އާއި ސީރިއާ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އޭއެފްޕީ


ގުރޫޕް ބީގައި ކޮންމެ ޓީމަކަށްވެސް ބާކީ އެއް މެޗު އޮތްއިރު، އޮސްޓްރޭލިއާ ގުރޫޕްގެ އެއް ވަނަ ހޯދީ ކުޅުނު ދެ މެޗުން ވެސް މޮޅުވެ، ލިބިފައިވާ ހަ ޕޮއިންޓާއެކު އެވެ.

ހަތަރު ޕޮއިންޓާ އެކު މި ގުރޫޕްގެ ދެ ވަނައިގައި އޮތީ އުޒްބެކިސްތާނެވެ. ސީރިއާ އެއް ޕޮއިންޓާ އެކު އޮތްއިރު، ތާވަލްގެ ފުލުގައި އޮތް އިންޑިއާ އަށް ޕޮއިންޓެއް ނުލިބެއެވެ.

މި ގުރޫޕްގައި އުޒްބެކިސްތާން ކުޅޭ ފަހު މެޗުގައި އަންގާރަ ދުވަހު ނުކުންނާނީ އޮސްޓްރޭލިއާއާ ދެކޮޅަށެވެ. މި މެޗުން ޕޮއިންޓެއް ލިބުނަސް، އުޒްބެކިސްތާނަށް ދެ ވަނަ ބުރުގެ ޖާގަ ކަށަވަރުވާނެ އެވެ.

އިންޑިއާ ދެކޮޅަށް މިރޭ ކުޅުނު މެޗުގައި އުޒްބެކިސްތާން އިން ވަނީ ފުރަތަމަ ފަސް މިނިޓުގެ ތެރޭގައި ލީޑު ނަގައިފައެވެ. އެ ޓީމަށް ލީޑު ހޯޑައިދިނީ އަބޮސްބެކް ފަޒުލާއެފް އެވެ.

މެޗުގެ 18 ވަނަ މިނިޓުގައި އުޒްބެކިސްތާންގެ ތިން ވަނަ ލަނޑު ޖެހީ އީގޯ ސެރްގީފް އެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެ ޓީމުގެ ތިން ވަނަ ލަނޑު ޖެހީ ޝެރްދޯފް ނަސްރުލްލާއެފް އެވެ.