Advertisement

ސްރީލަންކާގެ ބޮޑުވަޒީރާ މަޖިލީހުގެ ރައީސް އަސްލަމް ބައްދަލު ކުރައްވައިފި

18 ޖަނަވަރީ 2024 - 21:10 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


ސްރީލަންކާގެ ބޮޑުވަޒީރާ މަޖިލީހުގެ ރައީސް އަސްލަމް ބައްދަލު ކުރައްވައިފި

18 ޖަނަވަރީ 2024 - 21:10 0

މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެގައުމުގެ ބޮޑުވަޒީރު، ދިނޭޝް ގުނަވަރްދޭނާއާ ބައްދަލު ކުރައްވައިފި އެވެ.

އެ ބައްދަލުވުމުގެ ތަފުސީލެއް މަޖިލީހުގެ އިދާރާއިން އަދި ހާމައެއް ނުކުރެ އެވެ.

އެ ދަތުރުފުޅަކީ ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް، މަހިންދަ ޔަޕަ އަބޭވަރްދޭނާގެ ދައުވަތަކަށް އަސްލަމް ކުރައްވާ ދަތުރުފުޅެކެވެ.

އެ ދަތުރުފުޅުގެ ތެރެއިން އަސްލަމް ވަނީ އެގައުމުގެ ކުރީގެ ރައީސް، މަހިންދަ ރާޖަޕަކްސައާ ވެސް ބައްދަލު ކުރައްވައިފަ އެވެ.

އަސްލަމްގެ އަރިހުގައި ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް އާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްގެ އިތުރުން މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ވެސް ބައިވެރިވެޑައިގަންނަވަ އެވެ.

އެ ދަތުރުފުޅުގައި ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހަސް ޒިޔާރަތް ކުރައްވައި އެތަނުގެ މަސައްކަތްތައް ކުރިއަށް ދާގޮތް ވެސް އަސްލަމް ބައްލަވައިލެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.