Advertisement

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ރޯދައަށް އިތުރު ވަގުތީ މިސްކިތެއް އަޅަނީ

17 ޖަނަވަރީ 2024 - 17:09 1

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ައާބަންކޯއިން ވަގުތީ މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ކުރަނީ: މި މިސްކިތަކީ 150 މީހުންގެ ޖާގައިގެ މިސްކިތެއް - ފޮޓޯ: އާބަންކޯ


ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ރޯދައަށް އިތުރު ވަގުތީ މިސްކިތެއް އަޅަނީ

17 ޖަނަވަރީ 2024 - 17:09 1

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ރޯދައަށް ވަގުތީ މިސްކިތެއް އެޅުމުގެ މަސައްކަތް ފަށައިފި އެވެ.

އާބަންކޯއިން މިއަދު ބުނީ އަންނަ ރޯދަ އަށް ހަދާ އެ މިސްކިތަކީ 150 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށެވެ. މިސްކިތް އިމާރާތް ކުރާނީ އަންހެނުންނާއި ފިރިހެނުންނަށް ވެސް ނަމާދުކުރެވޭ ގޮތަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

އަމާޒަކީ ރޯދައިގެ ކުރިން މިސްކިތް އިމާރާތްކޮށް ނިންމައި ނަމާދު ކުރަން ފެށުން ކަމަށް އާބަންކޯއިން ބުނެ އެވެ.

އާބަންކޯއިން ވަގުތީ މިސްކިތެއް އަޅަނީ ހިޔާ ފްލެޓު 11 ކައިރީގައި އޮންނަ ހުސް ބިމުގަ އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ނަމާދު ކުރަނީ ތިން މިސްކިތެއްގަ އެވެ. އެއީ މަސްޖިދުލް އުސްމާން ބިން އައްފާން އާއި ވަގުތީ މިސްކިތާއި މަސްޖިދް އަމީލް ޖަލީލް އެވެ.

އިމާރާތްކުރުމުގެ މަރުހަލާގައި ވެސް ތިން މިސްކިތް އެބަހުއްޓެވެ.