Advertisement

ހެޕަޓައިޓިސް ބީ ކޮންޓްރޯލްވެފައިވާ ގައުމެއްގެ ގޮތުގައި ރާއްޖެ ބަލައިގަނެފި

17 ޖަނަވަރީ 2024 - 12:46 0

ނިމާ ހަސަން

ނިމާ ހަސަން

ވިލިނގިލީގައި ހުރި އުނދޯއްޔެއްގައި މީހަކު; ހެޕަޓައިޓިސް ބީ ކޮންޓްރޯލްވެފައިވާ ގައުމެއްގެ ގޮތުގައި ރާއްޖެ ބަލައިގަނެއްޖެ -- ފޮޓޯ: އަދަދު


ހެޕަޓައިޓިސް ބީ ކޮންޓްރޯލްވެފައިވާ ގައުމެއްގެ ގޮތުގައި ރާއްޖެ ބަލައިގަނެފި

17 ޖަނަވަރީ 2024 - 12:46 0

ރާއްޖެއަކީ, ހެޕަޓައިޓިސް ބީ ކޮންޓްރޯލް ވެފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ބަލައިގެންފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނި ގޮތުގައި ރާއްޖެއަކީ ހެޕަޓައިޓިސް ބީ ކޮންޓްރޯލް ކޮށްފައިވާ ކަމަށް ޑަބްލިއުއެޗްއޯއިން މިއަދު ބަލައިގަތީ ހެޕަޓައިޓިސް ބީ ވެކްސިން ދިނުމުގައި ގިނަ އަހަރުތަކެއް ވަންދެން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ.

ޑަބްލިއުއެޗްއޯއާ ހަވާލާދީ އެޗްޕީއޭއިން ބުނީ ރާއްޖޭގައި ހެޕްޓައިޓިސް ބީ ޖެހިފައިވާ މީހުން ދެނެގަތުމަށް ހެދި ސީރޯ-ސާވޭއިން ދައްކާ ގޮތުގައި އުމުރުން ހަ އަހަރާއި ހަތް އަހަރާ ދެމެދުގެ ސްކޫލް ކުދިންގެ ގައިން މި ބަލި އެއްވެސް ވަރަކަށް ފެނިފައި ނުވާ ކަމަށެވެ.

އެޗްޕީއޭއިން ބުނީ މާބަނޑު މީހުން ގަވާއިދުން ހެޕަޓައިޓިސް ބީ އަށް ސްކްރީންކޮށް، ޕޮޒިޓިވްވާ މީހުންނަށް ފަރުވާ ދިނުމުގެ އިތުރަށް އެމީހުންނަށް ލިބޭ ތުއްތު ކުދިންނަށް ޕްރިވެންޓިވް ތެރަޕީ ދިނުމުގެ ސަބަބުން ކުދިން ބަލިން ރައްކާތެރިވުމަށް އެހީތެރިވެ ދޭ ކަމަށެވެ.

ހެޕަޓައިޓަސް ބީ އަކީ ހެޕަޓައިޓިސް ބީ ވައިރަހުގެ ސަބަބުން ލިވާއަށް ޖެހޭ އިންފެކްޝަނެކެވެ. މި އިންފެކްޝަނަކީ އެކިއުޓް (ކުރު އަދި ސީރިއަސް) ނުވަތަ ކްރޮނިކް (ދިގު މުއްދަތުގެ) އިންފެކްޝަނަކަށް ވެސް ވެދާނެ އެވެ. ހެޕަޓައިޓިސް ބީ ގެ ސަބަބުން ދާއިމީ އިންފެކްޝަނެއް އުފެދި، ސިރޯސިސް އާއި ލިވާ ކެންސަރު ޖެހިގެން މީހުން މަރުވުމުގެ ފުރުސަތު ބޮޑެވެ.

އެ ބަލި ފެތުރެނީ ބަލި ޖެހިފައިވާ މީހެއްގެ ލޭ, ކުޅު, ވެޖައިނަލް ފްލުއިޑްސް އަދި ސީމެންއާ ކޮންޓެކްޓް ވުމުންނެވެ. އަދި މަންމަގެ ފަރާތުން ދަރިފުޅަށް ވެސް މި ބަލި ޖެހިދާނެ އެވެ. މި ބައްޔަށް ވެކްސިނުން ރައްކާތެރިކަން ލިބޭއިރު, އާންމު ގޮތެއްގައި ވެކްސިން ދެނީ ވިހެއުމަށްފަހު އޭގެ ހަފުތާއެއް ފަހުން ބޫސްޓާ ޖަހައިގެންނެވެ.