Advertisement

ފެނަކަ އިން ދިއްދޫގެ މުވައްޒަފުންތަކެއް ވަކިކުރި މައްސަލަ މަޖިލީހަށް

17 ޖަނަވަރީ 2024 - 13:10 0

ނިމާ ހަސަން

ނިމާ ހަސަން

ދިއްދޫ ދާއިރާގެ މެންބަރު އަބްދުالله ވަހީދު; ދިއްދޫ ފެނަކަ މުވައްޒަފުންތަކެއް 'ވަކިކުރި' މައްސަލަ މަޖިލީހަށް ހުށަހެޅުއްވި -- ފޮޓޯ: އިޔާން/ އަދަދު


ފެނަކަ އިން ދިއްދޫގެ މުވައްޒަފުންތަކެއް ވަކިކުރި މައްސަލަ މަޖިލީހަށް

17 ޖަނަވަރީ 2024 - 13:10 0

ހއ. ދިއްދޫ އާ އިންޖީނުގެއާއި އައިސް ޕްލާންޓުގެ މަސައްކަތަކަށް ފެނަކަ ކޯޕަރޭޝަނުން ނަގާފައިވާ 57 ކޮންޓްރެކްޓް މުވައްޒަފުން ވަކިކުރި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ދިއްދޫ ދާއިރާގެ މެންބަރު އަބްދުالله ވަހީދު މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ދިއްދޫ އިންޖީނުގެއާ އައިސްޕްލާންޓް އަޅަން ފެނަކައިން ނެގި މުވައްޒަފުން , އެއްވެސް ނޯޓިސްއަކާ ނުލައި, ކުއްލި ގޮތަކަށް ވަކިކުރުމުން މުވައްޒަފުންނާއި, އެމީހުންގެ އާއިލާތަކަށް ނުތަނަވަސް ކަމާއި, ގެއްލުން އަދި ނިކަމެތިކަން ލިބިފައވާ ކަމަށެވެ.

އިންޖީނުގެއާއި އައިސް ޕްލާންޓުގެ މަސައްކަތް ނިމެންދެން އެ މުވައްޒަފުން ވަޒީފާގައި ބައިތިއްބައި ދިނުމަށް, ފެނަކައަށް ދެންނެވުމަށް ވަހީދު ސިޓީގައި ވަހީދު އެދިވަޑައިގެންނެވި އެވެ. އެ މައްސަލަ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީން ބަލައިދޭން ވެސް އޭނާ އެދިވަޑައިގެންނެވި އެވެ.

މިކަމުގެ ކަންބޮޑުވުން ދިއްދޫ ދާއިރާގައި އޮތްކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ފެނަކައިގައި ތިބި 57 ކޮންޓްރެކްޓް މުވައްޒަފުން ވަކިކުރީ ނޯޓިސް ދިނުމެއް ނެތި, އެމީހުންނާ ހަވާލުކުރި މަސައްކަތް ނުނިމެނީސް ކަމަށެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު އިއްޔެ ވިދާޅުވި ގޮތުގައި ދިއްދޫ ފެނަކަ މުވައްޒަފުންގެ ކޮންޓްރެކްޓް އާ ނުކުރަން އެކޯޕަރޭޝުން ނިންމީ މަސައްކަތް ހުއްޓިފައި އޮތުމުންނެވެ.

"މި ވަގުތު ޕްރޮޖެކްޓްގެ މަސައްކަތް ހުއްޓިފައި އޮތުމުން ކޮންޓްރެކްޓު މުވައްޒަފުންގެ ކޮންޓްރެކްޓު އާ ނުކުރުމަށް ވަނީ ނިންމާފައި،" އޭނާ ވިދާޅުވި އެވެ.

މުއާޒު ވިދާޅުވީ 70 މުވައްޒަފުން ކުރަމުން ދިޔަ މަސައްކަތަށް, އެ މުވައްޒަފުންގެ ހަރަދަށް 23 މިލިއަނަށް ވުރެ ގިނަ ރުުފިޔާ ހޭދަވެފައިވާ ކަމަށެވެ. ޕެޓީ ކޭޝްގެ ގޮތުގައި ހަތަރު ލައްކައަށް ވުރެ ގިނަ ރުފިޔާ ހޭދަ ވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.