Advertisement

ރައިސް ވިނެގާ މި ގޮތަށް ވެސް ބޭނުންކޮށްލެވިދާނެ!

22 ޖަނަވަރީ 2024 - 14:18 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

އޮއްޓިމާ ބްރޭންޑުގެ ރައިސް ވިނެގާ މިހާރު ވިލާ މާޓުން -- ފޮޓޯ: ވިލާ މާޓް


ރައިސް ވިނެގާ މި ގޮތަށް ވެސް ބޭނުންކޮށްލެވިދާނެ!

22 ޖަނަވަރީ 2024 - 14:18 0

ބަތް ބޭނުންކޮށްގެން އޭޝިއާ ބައްރުގައި އުފައްދާ ރައިސް ވިނެގާއަކީ ބަދިގޭގައި އާންމުކޮށް މީހުން ބޭނުންކޮށް އުޅޭ ސީޒަނިން އެކެވެ. މި އުފެއްދުމުގެ ކުޑަ އެތިކޮޅަކުން ވެސް މުޅި ޑިޝްގެ ރަހަ ބަދަލުކޮށްލަ އެވެ.

ރައިސް ވިނެގާއަކީ ކެއްކުމުގެ އިތުރުން އެހެން ބޭނުންތަކަށް ވެސް މުހިއްމު ބޭނުންތެރި އެއްޗެކެވެ. އެގޮތުން ހަނގަނޑުގެ ތާޒާކަމާއި އޮމާންކަން އިތުރުކުރުމަށް "ސްކިންކެއާ ރޫޓީން"ގައި ހިމަނާލުމަށް މިއީ އެއްވަނަ އެވެ.

މި ހުރިހާ ކަމަކަށް ވެސް ބޭނުންކުރެވޭ އިޓަލީގެ މަޝްހޫރު "އޮއްޓިމާ" ބްރޭންޑުގެ ރައިސް ވިނެގާ މިހާރު ވިލާ މާޓުން ލިބެން ހުރެ އެވެ. އޮއްޓިމާ ބުރޭންޑަކީ މީގެ އެތައް އަހަރެއް ކުރިން ފެށިގެން ވިލާތުގެ އެކި ގައުމުތަކުގެ މަގުބޫލުކަން ހޯދާފައިވާ ބުރޭންޑެކެވެ. އެ ބުރޭންޑުގެ ތަފާތު ވައްތަރުތަކުގެ ސޯސްތަކުގެ އިތުރުން ޕީލްޑް އަދި ސަން ޑްރައިޑު ޓޮމާޓޯގެ އިތުރުން ރާހުތުލީ އެކި ވައްތަރުގެ ތަރުކާރީ ވެސް ހިމެނެ އެވެ.

ސިކިންކެއާގެ ގޮތުގައި ރައިސް ވިނެގާ ބޭނުންކުރުމުގެ ފައިދާ

  • ހަންގަނޑުގެ ޕީއެޗް ލެވެލް ބެލެންސްކުރުން: ރައިސް ވިނެގާގައި އެކުލެވިގެންވާ އެސިޑިކް މާއްދާ ހަންގަނޑުގެ ޕީއެޗް ބެލެންސް ބެހެއްޓުމަށް އެހީތެރިވެދެ އެވެ.
  • ޕީއެޗް ބެލެންސް ބެލެހެއްޓުމަކީ ހަންގަޑުގެ ވިދުން އިތުރުކޮށްދީ ތާޒާކޮށްދޭ ކަމެކެވެ. ހަންގަނޑުގެ ޕީއެޗް ލެވެލް 4.7 އާއި 5.751 އާއި ދެމެދުގައި ބެހެއްޓުމަކީ މުހިއްމު ކަމެކެވެ.
  • އެކްސްފޯލިއޭޝަން: ގުދުރަތީ ގޮތުން އުފެދޭ އެކްސްފޯލިއަންޓެއް ކަމުގައިވާ އެސިޓިކް އެސިޑް ރައިސް ވިނެގާގައި ހުރެ އެވެ.
  • ހަންގަނޑުގައި އުފެދިފައި ހުންނަ ކުދި ވަޅުތައް ނުވަތަ "ޕޯ" ތަށް ސާފުކޮށް، މަރުވެފައި ހުންނަ ސެލްތައް ނައްތާލުމާއިއެކު ހަންގަޑު އޮމާންކޮށްދިނުމައި މި މާއްދާ އިސް ދައުރެއް އަދާކުރެ އެވެ.
  • އެންޓިއޮކްސިޑެންޓް ޕްރޮޕަޓީސް: ރައިސް ވިނެގާގައި ހިމެނޭ އެންޓިއޮކްސިޑެންޓެއް ކަމުގައިވާ ފްލެވަނޮއިޑްސް އަކީ ސްޓްރެސްގެ ސަބަބުން ހަންގަނޑަށް އަންނަ ބަދަލުތައް ބަދުކޮށް، ޒުވާންކަންމަތީ ހަންގަނޑު ދެމެހެއްޓުމަށް އެހީވެދޭ މާއްދާއެކެވެ.
  • ޓޯނިން އަދި ޓައިޓްނިން: ރައިސް ވިނެގާގެ އެސްޓްރިންޖެންޓް ޕްރޮޕަޓީސްގެ ސަބަބުން ހަންގަނޑުގައި އުފެދިފައި ހުންނަ ވަޅުގަނޑުތައް ކުޑަކޮށްދީ ޓޯން ކުރުމަށް އެހީތެރިވެދެ އެވެ. މި ވެނިގާ ފެނާއި އެއް ކުރުމުން ޓޯނަރެއްގެ ގޮތުގައި ބޭނުން ކުރެވޭނެ އެވެ.
  • ކަޅު ލަކުނު މަދުކުރުން: ރައިސް ވިނެގާގެ ގުދުރަތީ އެސިޑްތަކުގެ ސަބަބުން ހަންގަނޑުގައި ހުންނަ ކަޅު ތަންތަން ފަނޑުވެ، ހައިޕަރޕިގްމެންޓޭޝަން ނައްތާލުމަށް އެހީތެރިވެދޭނެއެވެ. ގަވާއިދުން ބޭނުންކުރާނަމަ ހަމުގެ ކުލަ ހަމަހަމަކޮށް، ހަންގަނޑަށް ވިދުމެއް ގެނެސްދެ އެވެ.

ރައިސް ވިނެގާ ބޭނުންކުރާނީ ކިހިނެއް؟

ފެން ކޮޅަކާއި އެއްކޮލުމަށްފަހު ޓޯނަރެއްގެ ގޮތުގައި ރައިސް ވިނެގާ ބޭނުންކުރެވޭނެ އެވެ. އަދި އެލޯވެރާ އާއި މާމުއި ފަދަ ހަންގަނޑަށް ފައިދާހުރި ތަކެއްޗާއިއެކު އެއްކޮށްލައި، ފޭސް މާސްކެއް ހަދައިގެން ވެސް ރައިސް ވިނެގާ ބޭނުންކުރެވޭނެ އެވެ.

ރައިސް ވިނެގާ ބޭނުންކުރުމުގެ ކުރިން ހަމުގެ ޑޮކްޓަރެއްގައި ލަފާ ހޯދުން މުހިއްމެވެ. އަދި ވިނެގާ ބޭނުންކުރުމާއި ގުޅިގެން ހަނގަޑަށް އުނދަގުލެއް ވާނަމަ ބޭނުންކުރުން ހުއްޓާލާށެވެ.

ވިލާ މާޓުން ލިބެން ހުންނަ އުފެއްދުންތަކާއި ބެހޭ މައުލޫމާތު ވިލާ މާޓުގެ އެޕް އަދި ވެބްސައިޓުން ލިބެން ހުންނާނެ އެވެ. އަދި ފަސޭހަކަމާއިއެކު ގޭގަ ހުރެގެން ވެސް ވިޔަފާރިކޮށްލެވޭނެ އެވެ. އިތުރު މައުލޫމާތު މި ނަމްބަރަށް 7979944 ގުޅާލުމުން ލިބޭނެ އެވެ.