Advertisement

ސިހުރު ހަދާ މީހުންގެ އެހީ ނުހޯދަން ފިގުހުއެކަޑަމީން އިލްތިމާސްކޮށްފި

17 ޖަނަވަރީ 2024 - 10:12 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

އިސްލާމިކް މިނިސްޓްރީ ހިންގާ އިސްލާމީ މަރުކަޒު. ފޮޓޯ: އަބްދުﷲ އިޔާން


ސިހުރު ހަދާ މީހުންގެ އެހީ ނުހޯދަން ފިގުހުއެކަޑަމީން އިލްތިމާސްކޮށްފި

17 ޖަނަވަރީ 2024 - 10:12 0

ފަންޑިތަ ހެދުމަށް ސިހުރުހަދާ މީހުންގެ އެހީތެރިކަން ނުހޯދުމަށް ފިގުހު އެކަޑަމީން އިލްތިމާސްކޮށްފި އެވެ.

ފިގްހު އެކަޑަމީން، ނެރުނު އިއުލާނެއްގައި ބުނީ، މި ފަހަކަށް އައިސް ދިވެހިރާއްޖޭގެ ބައެއް ހަބަރުފަތުރާ ވަސީލަތްތައް މެދުވެރިކޮށް ސިހުރު ހެދުމަށް ހިތްވަރު ލިބޭ ގޮތަށް ބަޔަކު މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

އެފަދަ މީހުންގެ ގާތަށް ގޮސް ހުއްދަ ރުގްޔާގެ ނަމުގައި ފަނޑިތައިގެ އެހީ ލިބިގަތުމަކީ ހަރާމް ކަމަކަށް ވާތީ އެފަދަ މީހުންގެ ގާތަށް ނުދިއުމަށް ފިގްހު އެކަޑަމީއިން އިލްތިމާސްކުރެ އެވެ.

"އިސްލާމްދީނުގެ ސާފު ތެދުމަގުން އެއްކިބާވެ މަގުފުރެދިގެން ހިނގައިދާނެކަމަކަށް ވާތީ އެފަދަ ތަކެތި ދިވެހިރާއްޖޭގެ ހަބަރު ފަތުރާ ވަސީލަތްތަކުން ނުފޮނުވުމަށް އިސްލާމީ ފިގްހު އެކަޑަމީއިން އިލްތިމާސްކުރެ އެވެ" ފިގްހު އެކަޑަމީއިން ކުރި އިއުލާނުގައި ބުނެ އެވެ.

އިސްލާމް ދީނުގައި ހުއްދަ ކަމެއްކަމަށް ދެކި ކުރިން ރާއްޖޭގައި އެކި ބަލިތައް ފަސޭހަކުރުމަށާއި، ކަންކަމަށް އެދި ފަންޑިތަ ހަދައި އުޅުނެވެ. ނަމަވެސް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އެކަން މަނާކުރި އެވެ.