16 ޖަނަވަރީ 2024 - 08:40 0
އެވަޓަންގެ ސަޕޯޓަރަކު، ޕްރިމިއާ ލީގުން އެ ކްލަބަށް ފިޔަވަޅު އެޅުމުން ނުރުހުން ފާޅުކުރަން ދަނޑަށް ވައްދާފައިވާ ޕޯސްޓަރެއް ދައްކާލަނީ.--- ފޮޓޯ: އޭއެފްޕީ
16 ޖަނަވަރީ 2024 - 08:40 0
ލަންޑަން (ޖެނުއަރީ 16) - ފުޓްބޯޅަ ކްލަބްތައް ހަރަދުކުރުމަށް ހަދާފައިވާ މާލީ ގަވާއިދުގެ އިނގިރޭސި އެފްއޭ އިން އަމަލުކުރަމުން އަންނަ، ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ)އާ ހިލާފުވެފައިވާ ކަމަށް އެއްބަސްވެފައިވާތީ އިނގިރޭސި ޕްރިމިއާ ލީގުގެ ދެ ކްލަބް، އެވަޓަން އާއި ނޮޓިންހަމް ފޮރެސްޓްގެ މައްސަލަ ބަލަން ޕްރިމިއާ ލީގުން ނިންމައިފި އެވެ.
އެވަޓަންގެ އެއް މައްސަލަ މި ސީޒަން ތެރޭގައި ބެލުމަށް ފަހު، އެ ޓީމުގެ 10 ޕޮއިންޓް ވަނީ އުނިކޮށްފަ އެވެ. އެ މައްސަލަ އެވަޓަން އިން ވަނީ އެޕީލް ވެސް ކޮށްފަ އެވެ.
އެފްއެފްޕީ ގަވާއިދުގައިވާ ގޮތުން ތިން އަހަރު ތެރޭ ޕްރިމިއާ ލީގުގެ ކޮންމެ ކްލަބަކަށް ވެސް ގެއްލުމުގެ ގޮތުގައި، 105 މިލިއަން ޕައުންޑް (133 މިލިއަން ޑޮލަރު) ހިމެނޭނެ އެވެ. އެއީ، ސީޒަނަކަށް 35 މިލިއަން ޕައުންޑްގެ ރޭޓުން ކަަމަށް ވެސް ބެލެވިދާނެ އެވެ.
ފޮރެސްޓް އާއި އެވަޓަންގެ ބަލަމުން އަންނަނީ، 2022/2023 ވަނަ ސީޒަނުގެ މައްސަލަ އެވެ. ދެ ކްލަބަށް ވެސް އެކަށީގެންވާ މިންވަރަށް ކްލަބަށް ފައިސާ ނުލިބި ވަނީ ހަރަދުކޮށްފަ އެވެ. އެ ގޮތުން، ފޮރެސްޓްގެ ގެއްލުން ވަނީ 61 މިލިއަން ޕައުންޑަށް އަރަައިފަ އެވެ.
ޕްރިމިއާ ލީގުން ވަނީ މި ދެ ކްލަބް (އެވަޓަން އާއި ފޮރެސްޓް)ގެ މައްސަލަ މިނިވަން ކޮމިޝަނަކުން ބަލައި ފިޔަވަޅު އަޅަން ނިންމައިފަ އެވެ. އަދި މި މައްސަލައިގައި ޖަވާބުދާރީވާން އެވަޓަން އާއި ފޮރެސްޓަށް ވަނީ 14 ދުވަސް ދީފަ އެވެ.
އެވަޓަން އާއި ފޮރެސްޓަށް މި މައްސަލައިގައި އޮތް ބިރަކީ، ސީޒަނުގެ ފަހު ކޮޅުގައި، މައްސަލައިގެ ކަންކަން ނިންމައި، އެ ދެ ޓީމަށް ފިޔަވަޅު އަޅަން ނިންމައި، ޕޮއިންޓް އުނިކުރާ ގޮތްވުމެވެ. އެ ގޮތަށް ވެއްޖެނަމަ، ދެ ޓީމަށް ވެސް ރެލިގޭޝަނުގެ ބިރު އެބައޮތެވެ.
އެފްއެފްޕީ ގަވާއިދާ ހިލާފުވެގެން، މިދިޔަ ފެބްރުއަރީ މަހުން ފެށިގެން މެންޗެސްޓާ ސިޓީގެ މައްސަލަތަކެއް ޕްރިމިއާ ލީގުން އަންނަނީ ބަލަމުންނެވެ. މި މައްސަލަ އެންމެ ފުރަތަމަ ފެންމަތިވީ 2018 ވަނަ އަހަރު އެވެ. ސިޓީން އެފްއެފްޕީ ގަވާއިދާ ހިލާފަށް 100 އަށް ވުރެ ގިނަ ކަންތައްތަކެއް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވެނީ، 2009-2018ގެ ދެމެދުގަ އެވެ. މި މައްސަލައިގައި އަދިވެސް ސިޓީ އަށް ފިޔަވަޅެއް ނާޅާތީ އިނގިރޭސި މީޑިއާ އިން އަންނަނީ އެކަމަށް ފާޑުކިޔަމުންނެވެ.
Comment