Advertisement

ވާދަވެރި ބާސެލޯނާ ބަލިކޮށް ރެއާލުން ސުޕަ ކަޕް ކާމިޔާބު ކޮށްފި

15 ޖަނަވަރީ 2024 - 10:14 0


ވާދަވެރި ބާސެލޯނާ ބަލިކޮށް ރެއާލުން ސުޕަ ކަޕް ކާމިޔާބު ކޮށްފި

15 ޖަނަވަރީ 2024 - 10:14 0

ރިޔާދު، ސައުދީ އަރަބިއްޔާ (ޖެނުއަރީ 15) - ވާދަވެރި ބާސެލޯނާ ބަލިކޮށް ރެއާލް މެޑްރިޑުން ސްޕެނިޝް ސުޕަ ކަޕް ކާމިޔާބު ކޮށްފި އެވެ.

ސައުދީގެ އަލް އައްވާލް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ރެއާލުން ކާމިޔާބު ކުރީ 4-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ރެއާލްގެ ވިނީޝިއުސް ޖޫނިއާ ވަނީ ހެޓްރިކް ހަދައިފަ އެވެ. އޭނާ ފުރަތަމަ ލަނޑު ޖެހީ މެޗުގެ ހަތް ވަނަ މިނިޓުގަ އެވެ. ބާސެލޯނާގެ ޑިފެންސް ފަހަތަށް ރެއާލްގެ ޖޫޑް ބެލިންހަމް ދިން ބޯޅައެއް ހިފައިގެން ގޮސް ކީޕަރު، އިނާކީ ޕެނިއާ ކައިރިން ނައްޓާލުމަށްފަހު ވިނީޝިއުސް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ.

އޭގެ ތިން މިނެޓު ފަހުން ވިނީޝިއުސް ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފަ އެވެ. މިއީ ރޮޑްރީގޯގެ އެހީތެރިކަމާ އެކު ވިނީޝިއުސް ކާމިޔާބުކުރި ލަނޑެކެވެ. އެކަމަކު، މެޗުގެ 33 ވަނަ މިނެޓުގައި ބާސެލޯނާ އިން ވަނީ ލަނޑެއް ޖަހާ ފަރަގު ކުޑަކޮށްފަ އެވެ. މި ގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ ރޮބާޓް ލެވަންޑޯސްކީ އެވެ.

މެޗުގެ 37 ވަނަ މިނެޓުގައި ބާސެލޯނާގެ އަރައުހޯ ކުރި ފައުލަކާ ގުޅިގެން ރެފުރީ ވަނީ ރެއާލަށް ޕެނަލްޓީ އެއް ދީފަ އެވެ. މި ޕެނަލްޓީ ކާމިޔާބުކޮށް ވިނީޝިއުސް ވަނީ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފަ އެވެ.

ދެ ވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް މެޗުގެ 64 ވަނަ މިނެޓުގައި ރޮޑްރީގޯ ވަނީ ގޯލު ޖަހާ ރެއާލްގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. އޭރިއާ ތެރެއިން ހުހަށް ލިބުން ބޯޅައެއް ރޮޑްރީގޯ ވަނީ ހަމަ ޖެހިލާފައި ގޯލުގެ ދުރު ކަނަށް ފޮނުވާލައިފަ އެވެ.

ބާސެލޯނާ އަށް އިތުރު މައްސަލަތަކާ ކުރިމަތިވީ އެ ޓީމުގެ ޑިފެންޑަރު އަަރައުހޯ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ދެއްކި ރަތް ކާޑުގެ ސަބަބުންނެވެ. މިއީ އަރޯހޯ ވިނީޝިއުސް އަށް ކުރި ފައުލަކާ ގުޅިގެން ދެއްކި ރަތް ކާޑެކެވެ.

މިއީ ރެއާލުން ސްޕެނިޝް ސުޕަ ކަޕް ކާމިޔާބުކުރި 13 ވަނަ ފަހަރެވެ.