14 ޖަނަވަރީ 2024 - 15:05 1
މުހައްމަދު ނަސީމް
އިންޑިއާއިން ރާއްޖޭގައި އޮޕަރޭޓްކުރާ ޑޯނިއާ މަތިންދާބޯޓް. އެގައުމުން މިއަދު ބުނީ ވައިގެ އުޅަނދުތަކުގެ އޮޕަރޭޝަން ނުހުއްޓޭނެ ހައްލަކަށް މަޝްވަރާކުރި ކަމަށް
14 ޖަނަވަރީ 2024 - 15:05 1
ރާއްޖޭގައި އިންޑިއާ ސިފައިން އޮޕަރޭޓްކުރާ ވައިގެ އުޅަނދުތަކުގެ އޮޕަރޭޝަން ނުހުއްޓޭނެ "ވޯކަބަލް ސޮލިއުޝަން" އެއް ހޯދަން ދެގައުމުން މިއަދު ބޭއްވި ބައްދަލުވުމެއްގައި މަޝްވަރާކުރި ކަމަށް އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީން ބުނެފި އެވެ.
ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން އަނބުރާ ފޮނުވައިލުމާއި ދެގައުމު ގުޅުމާ ބެހޭ އެހެން ގިނަ ކަންތައްތަކާ މަޝްވަރާކުރަން އުަފައްދާފައިވާ "ކޯގްރޫޕް" އިން ފޮރިން މިނިސްޓްރީގަައި މިއަދު ބޮޑު ބައްދަލުވުމެއް ބޭއްވި އެވެ. އެ ބައްދަލުވުމަށް ފަހު ރާއްޖޭން ނެރުނު ބަޔާނެއްގައި ބުނީ އިންޑިއާ ސިފައިން އަނބުރާ ގެންދިއުން އަވަސްކުރަން މިއަދުގެ މަޝްވަރާތަކުގައި އިންޑިއާއިން އެއްބަސްވި ކަަމަށެވެ.
ސިފައިން ގެންދިއުން އަވަސްކުރަން އިންޑިއާ އެއްބަސް: ސަރުކާރު
ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު މުނޫ މަހާވަރާއި އެގައުމުގެ އެހެން ބައެއް ޑިޕްލޮމޭޓުން ފޮރިން މިނިސްޓްރީއަށް ވަޑައިގެން ރާއްޖޭގެ ވަފުދަކާ އެކު ކުރި ދިގު މަޝްވަރާތަކަށް ފަހު ފޮރިން މިނިސްޓްރީން ބުނީ މިއަދުގެ ބައްދަލުވުމުގައި ގިނަ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާކުރި ކަމަށް
ސިފައިން ގެންދިއުން އަވަސްކުރަން އިންޑިއާ އެއްބަސް: ސަރުކާރު
ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު މުނޫ މަހާވަރާއި އެގައުމުގެ އެހެން ބައެއް ޑިޕްލޮމޭޓުން ފޮރިން މިނިސްޓްރީއަށް ވަޑައިގެން ރާއްޖޭގެ ވަފުދަކާ އެކު ކުރި ދިގު މަޝްވަރާތަކަށް ފަހު ފޮރިން މިނިސްޓްރީން ބުނީ މިއަދުގެ ބައްދަލުވުމުގައި ގިނަ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާކުރި ކަމަށް
އެހެން ނަމަވެސް އެ ބައްދަލުވުމާ ބެހޭ ގޮތުން އިންޑިއާއިން ނެރުނު ބަޔާނުގައި އެކަމާ ބެހޭ ގޮތުން ވަކި އެއްޗެއް ނުބުނެ އެވެ. އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ބަޔާނުގައި ބުނީ ބަލިމީހުން އެއްތަނުން އަނެއް ތަނަށް އުފުލުމާއި އިންސާނީ އެހީދޭން ވައިގެ އުޅަނދުތަކުން ހިންގާ އޮޕަރޭޝަންތައް ނުހުއްޓި ކުރިއަށް ގެންދެވޭނެ ހައްލަކާ މެދު މަޝްވަރާކުރި ކަަމަށެވެ.
ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންނަކީ ކުރީގެ ސަރުކާރުން ބުނެފައިވާ ގޮތުގައި އެގައުމުން ރާއްޖެއަށް "ހަދިޔާކޮށްފައިވާ" ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓް އޮޕަރޭޓްކުރުމަށެވެ. އެމީހުން ހިމެނޭ ގޮތުން ރާއްޖޭގައި ތިބޭ އިންޑިއާގެ ހުރިހާ ސިފައިން އަނބުރާ ފޮނުވައިލުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
ރާއްޖެ-އިންޑިއާ ކޯ ގްރޫޕުން މިއަދު ބޮޑު ބައްދަލުވުމެއް ބޭއްވި އިރު ރައީސް އޮފީހުން ބުނީ އަންނަ މާޗްމަހުގެ 15 ގެ ކުރިން އިންޑިއާ ސިފައިން އަނބުރާ ގެންދަން މިއަދުގެ ބައްދަލުވުމުގައި ސަރުކާރުން ހުށަހެޅި ކަމަށެވެ.
0.00%
0.00%
100.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ހަކީމްއަގްދާސް
about 1 year ago
ބަލިމީހުން އެއްތަނުން އަނެއް ތަނަށް އުފުލުމާއި އިންސާނީ އެހީދޭން ވައިގެ އުޅަނދުތަކުން ހިންގާ އޮޕަރޭޝަންތައް ނުހުއްޓި ކުރިއަށް ގެންދެވޭނެ ހައްލަކާ މެދު މަޝްވަރާކުރި ކަަމަށް އިންޑިއާއިން ބުނީމާ އަންނަނީ ހިންޏެވެ. ބަލަގަ މިރާއްޖޭގެ ބަލިމީހުން މިރާއްޖޭގައި އެއްތަނުން އަނެއް ތަނަށް އުފުލުމަކީ، މިރާއްޖޭގެ އަމިއްލަ ކަމެއް. އެއިރެއްގައި އޮންނަ ސަރުކާރަކުން އެކަމަށް ބޭރު ބައެއްގެ އެހީ އަށް ބޭނުން ނުވާ ކަމަށް ވައްޏާ ތިބޭކަށް ނުޖެހޭ.
Comment