Advertisement

އަނިޔާގެ ސަބަބުން ހާލަންޑް މި މަހު ދަނޑުން ނުފެނިދާނެ

13 ޖަނަވަރީ 2024 - 11:50 0


އަނިޔާގެ ސަބަބުން ހާލަންޑް މި މަހު ދަނޑުން ނުފެނިދާނެ

13 ޖަނަވަރީ 2024 - 11:50 0

މެންޗެސްޓާ (ޖެނުއަރީ 13) - އަނިޔާގެ ސަބަބުން މެންޗެސްޓާ ސިޓީގެ ތަރި އާލިއަން ބްރައުޓް ހާލަންޑަށް މި މަހު އެ ޓީމުން ކުޅޭ މެޗުތަކުގައި ނުކުޅެވިދާނެކަމަށް އެ ކްލަބުން ބުނެފި އެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ މި ވަގުތު އަނިޔާގައި ހުރި ހާލަންޑަށް މި މަހު ނުކުޅެވިދާނެ ކަމަށެވެ.

އަނިޔާގެ ސަބަބުން ހާލަންޑަށް މިދިޔަ މަހު ހަ ވަނަ ދުވަހު އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗުގެ ފަހުން މެޗެއް ނުކުޅެވެ އެވެ. ގާޑިއޯލާ ބުނީ ހާލަންޑްގެ އަނިޔާ ސީރިއަސް ނޫން ނަމަވެސް އޭނާގެ ފައިގެ ކަށިގަނޑަށް އަނިޔާވެފައިވުމުން އެ ކަމުން ސަލާމަތްވާން ވަގުތު ނަގާނެ ކަމަށެވެ.

"އަހަރެން އުންމީދު މިކުރަނީ ހާލަންޑް މި މަހުގެ ފަހު ކޮޅު ރަނގަޅު ވާނެ ކަމަށް. ޑޮކްޓަރު ބުނީ އަދި އިތުރު ހަފުތާއެއް ބަލާށޭ. ހަފްތާއެއް ބެލުމަށްފަހު އަބޫ ދާބީގައި ސިޓީން ކުރާ ފަރިތަކުރުންތަކުގައި ހާލަންޑް ބައިވެރިވާނެ ކަމަށް އުންމީދު މި ކުރަނީ" ގާޑިއޯލާ ބުންޏެވެ.

ސިޓީން ހާލަންޑާއި ނުލާ ކުޅުނު އަށް މެޗުން މޮޅުވެފައިވާއިރު, އެ ޓީމުން ވަނީ ހާލަންޑްއާ ނުލާ މިދިޔަ މަހު ކުޅުނު ކުލަބް ވޯލްޑް ކަޕްވެސް ކާމިޔާބު ކޮށްފަ އެވެ. އަދި ސިޓީ މި ވަގުތު އޮތީ .އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލަށް ވުރެ ފަސް ޕޮއިންޓް މަދުންނެވެ.

ހާލަންޑް ވަނީ މި ސީޒަނުގައި ސިޓީއަށް ކުޅެދިން 22 މެޗުގައި 19 ގޯލު ޖަހައިފަ އެވެ.

ލީގުގައި މިރޭ ސިޓީން ކުޅޭ މެޗުގައި ރަށުންބޭރުގައި ކުޅޭނީ ނިއުކާސަލް ޔުނައިޓެޑާ އެވެ.