Advertisement

ސުޕަ ކަޕް ފައިނަލްގައި ރެއާލްއާ ދެކޮޅަށް ކުޅޭނީ ބާސެލޯނާ

12 ޖަނަވަރީ 2024 - 11:11 0


ސުޕަ ކަޕް ފައިނަލްގައި ރެއާލްއާ ދެކޮޅަށް ކުޅޭނީ ބާސެލޯނާ

12 ޖަނަވަރީ 2024 - 11:11 0

ރިޔާދު، ސައުދީ އަަރަބިއްޔާ (ޖެނުއަރީ 12) - ދެ ވަނަ ސެމީ ފައިނަލުގައި އޮސަސޫނާ އަތުން 2-0 އިން މޮޅުވެ، ބާސެލޯނާ އިން ސްޕެނިޝް ސުޕަ ކަޕް ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

އާދިއްތަ ދުވަހުގެ ފައިނަލުގައި ބާސެލޯނާ އިން ކުޅޭނީ ރެއާލް މެޑްރިޑާ ދެކޮޅަށެވެ. މިދިޔަ އަހަރު ރެއާލް ބަލިކޮށް ބާސެލޯނާ އިން ވަނީ 14 ވަނަ ފަހަރަށް ސުޕަ ކަޕް ކާމިޔާބުކޮށްފަ އެވެ. ސުޕަ ކަޕްގެ އެންމެ ކާމިޔާބު ޓީމަކާ ބާސެލޯނާ އެވެ.

ރޭގެ މެޗުގައި ބާސެލޯނާ އިން ދެ ގޯލު ޖެހީ ވެސް ދެ ވަނަ ހާފުގަ އެވެ. އެ ގޮތުން ބާސެލޯނާ އަށް ލީޑުނަގައިދިނީ 59 ވަނަ މިނިޓްގައި ރޮބަޓް ލެވަންޑޯސްކީ އެވެ. މިއީ އިލްކާއި ގުންޑޮގާން ދިން ބޯޅައަކުން ލެވަންޑޯސްކީ ތިރިތިރިން ފޮނުވާލި ހަމަލާއަކުން ޖެހި ގޯލެކެވެ.

ބާސެލޯނާ އިން މި މެޗުގައި ކުރި ރަނގަޅު އެޓޭކްތަކެއް ހުއްޓުވުމުގައި އޮސަސޫނާގެ ކީޕަރު ސާޖިއޯ ހެރޭރާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އޮސަސޫނާ އަށް ގޯލެއް ޖަހައިދޭން އަންޓޭ ބުޑިމީއާ އަށް ލިބުނު ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ.

ފައިނަލުގެ ފުރުސަތު ޔަގީންކުރި ގޯލު ބާސެލޯނާ އިން ޖެހީ މެޗުގެ އިތުރު ވަގުުތުގެ ތިން ވަނަ މިނިޓްގަ އެވެ. މި ލަނޑު ޖެހީ ޔޮއާއޯ ފެލިކްސް ދިން ބޯޅައަކުން ލަމިން ޔަމާލް އެވެ.