އިދާރީ މަސައްކަތް ހުއްޓި ރައްޔިތުންނަށް ހިދުމަތް ނުދޭތީ ވާދޫ ކައުންސިލުގެ އިންކުއަރީއެއް ހަދަނީ

ގދ. ވާދޫ: މި ރަށު ކައުންސިލުގެ އިސްވެރިންނާ ދެކޮޅަށް ކައުންސިލް މުވައްޒަފުން މުޒާހަރާކޮށްފައިވޭ -- ފޮޓޯ:ސޯޝަލް މީޑީއާ


އިދާރީ މަސައްކަތް ހުއްޓި ރައްޔިތުންނަށް ހިދުމަތް ނުދޭތީ ވާދޫ ކައުންސިލުގެ އިންކުއަރީއެއް ހަދަނީ

ގދ. ވާދޫ ކައުންސިލް އިދާރާގައި އަހްލާގީ އަދި ސުލޫކީ ގިނަ މައްސަލަތަކެއް އުފެދި ލޯކަލް ގަވަމެންޓް އޮތޯރިޓީން އެ ކައުންސިލުގެ އިންކުއަރީއަށް ހަދަން ނިންމައިފި އެވެ.

ވާދޫ ކައުންސިލުގެ ރައީސް އާއި އާއްމު މެމްބަރުން އަދި ކައުންސިލުގެ ސެކެޓްރީ ޖެނެރަލްގެ މެދުގައި ރަށުގެ އެކި މަސައްކަތްތަކާއި ކައުންސިލުގެ އެކިއެކި މަސައްކަތްތަކާއި ދޭތެރޭ ހިޔާލު ތަފާތުވެ އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ކައުންސިލުގެ އާއްމު މެމްބަރުން ވަނީ ކައުންސިލް ރައީސް އާއި ސެކެޓްރީ ޖެނެރަލްގެ އިސްތިއުފާއަށް ގޮވައި ކައުންސިލް އިދާރާގައި މުޒާހަރާ ވެސް ކޮށްފަ އެވެ.

އޭގެ އިތުރުން އެކި ފަހަރު މަތިން ކައުންސިލް އިދާރާ ތެރޭގައި މެމްބަރުން މެމްބަރުންނަށް ހަޑި ހުތުރުބަހުން މުއާމަލާތްކޮށް އަޑުގަދަކޮށް ހަދާ ވީޑިއޯތައް ވެސް ސޯޝަލް މީޑިއާގައި އާއްމުވެފައި ވެ އެވެ.

އެލްޖީއޭ އިން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނީ ވާދޫ ކައުންސިލްގައި އުފެދިފައިވާ މައްސަލަތައް ހައްލުކުރުމަށް އިދާރީގޮތުން އެ އޮތޯރިޓީން އެކަށީގެންވާ ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް މައްސަލަތައް ހައްލު ނުކުރެވޭ ކަމަށެވެ. އަދި އެ ކައުންސިލުގެ އަހްލާގީ އަދި ސުލޫކީ ގިނަ މައްސަލަތަކެއް ދިމާވެ މުޅި ކައުންސިލުގެ އިދާރީ ހިންގުން ހުއްޓި މަސައްކަތް ކުރާނެ މާހައުލެއް ނެތި، ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ދިނުން ހުއްޓިފައިވާ ކަމަށެވެ.

މީގެ ކުރިން ވެސް އެލްޖީއޭއިން ބައެއް އިންކުއަރީތައް ހިންގާފައި ވެ އެވެ. އެ އޮތޯރިޓީގެ ވެބްސައިޓުން ފެންނަ ގޮތުގައި މީގެ ކުރިން ހދ. ކުރިނބީ، ހއ. އުތީމު، ދ. މީދޫ ކައުންސިލުގެ އެވެ.

50.00%

50.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


ޔަހްޔާ އިދުރީސް އަލިމަނިކު

about 1 year ago

ގއ ގެމަނަފުށީގައި ވެސް ހަދަން ފެނޭ، އެއްކަމެއްވެސް ކުރާ ބައެއް ނުން