about 2 hours 0
about 2 hours 0
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް އަމުރުކުރުމުން ނުވަ ފަހަރަށް އިއުލާންކޮށްގެން ވެސް ނުހޯދުނު މީހާ މިއަދު އަމިއްލައަށް ފުލުހުންނާ ހަވާލުވެއްޖެ އެވެ.
އިއްޔެ ފުލުހުން ބުނި ގޮތުގައި ކޯޓަށް ހާޒިރުކުރުމަށް ހޯދަމުންދިޔައީ އިޒާމް ޒާހިރުު، ސަބާހާމަންޒިލް، ގދ. ވާދޫ އެވެ. އޭނާ ހޯދުމަށް ފުލުހުން އެންމެ ފުރަތަމަ އިއުލާނުކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ.
އޭނާ ހޯދަމުންދިޔައީ ރޭޕްގެ މައްސަލައަކާ ގުޅިގެން ކްރިމިނަލް ކޯޓުގައި އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތަކަށެވެ.
"އިޒާމް ޒާހިރު މިއަދު އަމިއްލައަށް ފުލުހުންގެ ކަސްޓޯޑިއަލްއަށް ހާޒިރުވުމުން ވަނީ ހައްޔަރުކޮށްފައި،" މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުންޏެވެ.
އިއްޔެއާ ހަމައަށް އޭނާ ހޯދުމަށް ނުވަ ފަހަރެއްގެ މަތިން އިއުލާން ކުރި ނަމަވެސް ފުލުހުންނަށް އޭނާ ނުފެނި ހުރެ ބަންދުވުމަށް ހާޒިރުވީ އަމިއްލައަށެވެ. އޭނާ މި ފެނުނީ އަހަރަކަށްވުރެ ގިނަ ދުވަސް ފަހުންނެވެ.
Comment