Advertisement

ކޮންސްޓްރަކްޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވަކީލު ޝާންއަށް

10 ޖަނަވަރީ 2024 - 10:50 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ކުޑަކުއްޖަކާ ބެހުނު ކަމަށް ދައުވާ އުފުލާފައިވާ ވަކީލު ޝާން: އޭނާއަށް ކޮންސްޓްރަކްޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ދީފައި


ކޮންސްޓްރަކްޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވަކީލު ޝާންއަށް

10 ޖަނަވަރީ 2024 - 10:50 1

ގާނޫނީ ވަކީލު އަހުމަދު ޝާނަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަން ދީފި އެވެ.

ޝާނަށް މި މަގާމު ދިންއިރު އޭނާގެ މައްޗަށް އުފުލާފައިވާ ޖިނާއީ ދައުވާއެއްގެ އަޑުއެހުންތައް މިހާރު ވެސް ކްރިމިނަލް ކޯޓުގައި އެބަ ކުރިއަށްދެ އެވެ. އެއީ ކުޑަކުއްޖަކާމެދު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ދައުވާއެކެވެ. އެކަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވެސް ކަށަވަރުކޮށްދެ އެވެ.

"އެ ދައުވާ އަދިވެސް އެބަ އޮތް، އަނބުރައެއް ނުގެންނަން، މި ފަހުން ހެކިބަސް ނަގާ ނިންމައި، މިހާރު މައްސަލަ އޮތީ ހުލާސާ ބަޔާން އިއްވާ މަރުހަލާފައި،" ޕީޖީ އޮފީހުގެ އޮފިޝަލަކު މި ނޫހާ ވާހަކަ ދައްކަމުން ބުންޏެވެ.

ޝާންގެ މައްޗަށް ކުރާ ތުހުމަތުގެ ހާދިސާ ހިނގީ އޮކްޓޯބަރު، 2017، ގަ އެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކޮށް ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހެޅީ ނޮވެމްބަރު 2017، ގަ އެވެ.

ޝާނުގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ މަދަނީ މިންގަނޑަށް ނުފެތޭ ދައުވާއެއް ކަމަށް ކްރިމިނަލް ކޯޓުން ފުރަތަމަ ނިންމި އެވެ. ނަމަވެސް ދަށު ކޯޓުގެ ނިިންމުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ހުކުމްކުރީ އެ ދައުވާ މަދަނީ މިންގަނޑުން ބެލޭނެ ކަމަށެވެ.

ކުޑަކުއްޖަކާ ބެހުނު ކަމުގެ ތުހުމަތު އޮވެ ޝަރީއަތް ހިނގަމުންދާ މީހަކަށް ޑެޕިއުޓީ މިނިސްޓަރުކަން ދިން އިރު، މީގެ ކުރިން ވެސް ޖިންސީ ފުރައްސާރައެއްގެ ތުހުމަތު އޮތް މީހަކަށް މަގާމު ދީގެން ފާޑުކިޔުން އަމާޒުވެފައިވަނިކޮށް މަގާމުން ވަކިކޮށްފައިވެ އެވެ.

ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސްކަމުން ވަކިކުރި މުހައްމަދު ފަހުމީ ހަސަން ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް އައްޔަންކުރިތާ ހަތަރު ދުވަސް ފަހުން އޭނާ މަގާމުން ވަކިކުރި އެވެ. އެކަމަކު ވަކިކުރި ސީދާ ސަބަބެއް ސަރުކާރުން ނުބުނެ އެވެ.