Advertisement

ދެކުނުގެ އަތޮޅެއްގައި 12 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްްސަލައެއް ބަލަނީ

30 އޭޕްރީލް 2024 - 21:44 0


ދެކުނުގެ އަތޮޅެއްގައި 12 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްްސަލައެއް ބަލަނީ

30 އޭޕްރީލް 2024 - 21:44 0

ރާއްޖޭގެ ދެކުނުގެ އަތޮޅެއްގައި އުމުރުން 12 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން މިރެ ބުނެފި އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެ މައްސަލަ ފުލުސް އޮފީހަށް ހުށަހެޅީ މިދިޔަ އާދީއްތަ ދުވަހު ކަމަށެވެ. އެ މައްސަލަ ހުށަހެޅީ ގއ. އަތޮޅާއި ގދ. އަތޮޅާއި ފުވައްމުލަކާއި އައްޑޫ ސިޓީ ހިމެނޭ ފުލުހުންގެ ސައުތު ޕޮލިސް އަށް ކަމަށް ފުލުހުން ބުނެ އެވެ.

ކުއްޖާގެ ވަނަވަރު ހިމާޔަތް ކުރުމުގެ ފުލުހުން ވަނީ ހާދިސާ ހިނގި ރަށް ސިއްރުކޮށްފަ އެވެ. އެއީ ގާނޫނުތަކުން ފުލުހުންގެ މައްޗަށް ލާޒިމު ކުރާ ކަމެކެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމަކީ ރާއްޖޭގައި އެންމެ ބޮޑު އެއް މައްސަލަ އެވެ. ރާއްޖޭގައި ފުލުސް އޮފީހަށް އެންމެ ގިނައިން ހުށަހަޅާ އެއް މައްސަލައަކީ ވެސް ޖިންސީ ކުށުގެ މައްސަލަތަކެވެ.

މުޅި ދިވެހިރާއްޖޭގެ އާބާދީގެ 15 ޕަސެންޓު ކުދިން ބޮޑުވިއިރު ޖިންސީ އަނިޔާއެއް ކޮންމެވެސް ގޮތަކުން ލިބިފައިވާ ކަމަށް ޔުނިސެފުން މީގެ ކުރިން 2020 ވަނަ އަހަރު ބުނެފައިވެ އެވެ.