ހުލާސާކޮށް އިއްޔެ: ރިޔާސީ ކެންޑިޑޭޓުންގެ ކެމްޕޭނު ފައިސާގެ ދެފުށް ނުފެންނާތީ އީޔޫގެ ކަންބޮޑުވުން

10 ޖަނަވަރީ 2024 - 02:00 0

އަޒްލިފާ އަބްދުﷲ

އ

ހުލާސާކޮށް އިއްޔެ: ރިޔާސީ ކެންޑިޑޭޓުންގެ ކެމްޕޭނު ފައިސާގެ ދެފުށް ނުފެންނާތީ އީޔޫގެ ކަންބޮޑުވުން

10 ޖަނަވަރީ 2024 - 02:00 0

Advertisement

ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުން ފަންޑު ހޯދި ގޮތާއި ކުރި ހަރަދުގެ ދެފުށް ނުފެންނާތީ ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން އިއްޔެ ކަންބޮޑުވުން ފާޅުކުރި އެވެ.

ސެޕްޓެމްބަރު ނުވައެއް އަދި 30ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ދެ ބުރުގެ ކަންކަން އޮބްޒާވްކުރުމުގެ މިޝަން ނިންމައި، އާންމުކުރި ފައިނަލް ރިޕޯޓުގައި މަލްޓި ޕާޓީ ޑިމޮކްރަސީ ހަރުދަނާކޮށް ކުރިއެރުވުމަށް 20 ރެކޮމެންޑޭޝަނެއް އީޔޫއިން ދިނެވެ.

"ސިޔާސީ އަދި ކެމްޕެއިން ފަންޑު ހޯދުމާއި މާލީ ހަރަދުތަކުގައި ދެފުށް ފެންނަ އަދި ހަރުދަނާ ގޮތެއްގައި ބެލެހެއްޓިފައި ނުވާކަން ފާހަގަކުރެވޭ" އީޔޫގެ ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.

އިންތިހާބުގެ މަންޒަރުތަކާ ކުރި ކަމަށް ބުނާ ހަރަދު ނުބައްދަލު!

ކެމްޕެއިން ނިމެންދެން ވެރި ރަށް މާލެ އާއި އަތޮޅު ތެރެ ފުރާލާފައި އޮތީ ބެނާތަކާއި ޕޯސްޓަރުތަކުންނެވެ. ކޮންމެ ރެއަކު ދެތިން ބޮޑު، ބިޔަ ޖަލްސާ ބޭއްވި އެވެ. އޭގެ އިތުރުން، އެކަކު އަތުން އަނެކާއަށް ރައްދުވި ނުދައްކާ އަދި "ސިއްރު" ފައިސާގެ އަދަދު މަދުނުވާނެކަން ޔަގީނެވެ.

ކެންޑިޑޭޓުންގެ މާލީ ބަޔާނުން ފެންނަން ހުރި ހަރަދުތައް

Advertisement

  • އަހުމަދު ފާރިސް މައުމޫން - 1،166،064ރ.
  • އިބްރާހިމް މުހައްމަދު ސޯލިހު - 10,476,127ރ.
  • އިލްޔާސް ލަބީބު - 2،518،508ރ.
  • މުހައްމަދު ނާޒިމް - 13،075،900ރ.
  • ޑރ. މުހައްމަދު މުއިއްޒު - 21،228،817ރ.
  • ހަސަން ޒަމީލު - 16،259ރ.
  • އުމަރު ނަސީރު - 285،950ރ.
  • ގާސިމް އިބްރާހިމް - 20،421،050ރ.

ރަނގަޅުކުރުމަށް ގިނަ ކަންތައްތަކެއް ހުރި ނަމަވެސް މި އިންހާބަކީ މިހާތަނަށް ރާއްޖޭގައި ބޭއްވުނު އެންމެ ރަނގަޅު އިންތިހާބު ކަމަށް ވެސް އީޔޫއިން ބުންޏެވެ.

"ރިޔާސީ އިންތިހާބަކީ ޓެކްނިކަލް ގޮތުން ވަރަށް ރަނގަޅަށް ހިންގައި ޕްރޮފެޝަނަލްކޮށް އިލެކްޝަން ކޮމިޝަނުން ކުރިއަށް ގެންދިޔަ އިންތިހާބެއް. ހަގީގީ އިންތިހާބެއް ބޭއްވޭނެ ގޮތަށް ގާނޫނީ އޮނިގަނޑުގެ އިންތިޒާމު ވަނީ ހަމަޖައްސާފައި" އީޔޫގެ ޕާލަމެންޓު މެންބަރު، ޗީފް އޮބްޒާވަރު ނަޗޯ ސަންޗޭޒް އަމޯރް ވިދާޅުވި އެވެ.

މި އިންތިހާބަކީ މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ކެންޑިޑޭޓުން ވާދަކުރި އިންތިހާބުކަން ފާހަގަކޮށް އޭނާ ވިދާޅުވީ، ސިޔާސީ ވާދަވެރިކަމުގައި އަންހެނުން ފެންނަ މިންވަރު އަދިވެސް ދަށް ކަމަށެވެ. އިންތިހާބު ހިންގުމުގައި ވެސް އަންހެނުންގެ ދައުރު ހަނިކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުރިއަށް އޮތް އިންތިހާބުތައް ހަރުދަނާކުރުމަށް ހަތް ދާއިރާއަކުން ލަފާދީފައި ވެއެވެ.

ހަރުދަނާކުރުމަށް ލަފާދިން ދާއިރާތައް

  1. ސިޔާސީ ހައްގުތައް ހަރުދަނާކުރުމަށާއި ވޯޓު ގަތުން ހުއްޓުވުމަށް ވޯޓާސް އެޑިއުކޭޝަން ހަރުދަނާކުރުން
  2. ކެމްޕޭންތަކުގައި ދައުލަތުގެ ވަސީލަތައް ބޭނުންކުރުން ހުއްޓުވުން
  3. ކެމްޕޭން ފައިނޭންސިންގެ ގާނޫނު އިސްލާހުކޮށް ގަވަދުތައް ހިންގުން ހަރުދަނާކުރުން
  4. އިންތިހާބަށް އިތުރު އެތިކަލް ކަވަރޭޖް ކުރިއެރުވުމަށް ނޫސްވެރިންނަށް ޕްރޮފެޝަނަލް ތަމްރީން ދިނުން
  5. މިސް އިންފޮމޭޝަން ހުއްޓުވުމަށް ފެކްޓު ޗެކިންއަށް އެއްބާރުލުން ދިނުން
  6. އާންމު އަދި ސިޔާސީ ކަންކަމުގައި އަންހެނުން ލީޑާޝިޕް މަގާމުތަކަށް އަހުލުވެރިކުރުން
  7. ވޯޓްލާ މަރުހަލާގައި ނިޔަތް ސާފުވާން އޮންނަ ހާލަތްތަކުގައި ވޯޓު ކަރުދާސްތައް ބާތިލު ނުވާނެކަން ކަށަވަރުކުރުން

ރާއްޖޭގައި މީޑިއާތަކުގެ މިނިވަންކަން ހަނިކަމާއި، މީޑިއާތަކުން ވަކި ކޮޅަކަށް ބުރަވާތީ އީޔޫއިން ކަންބޮޑުވުން ފާޅުކުރި އެވެ. އެގޮތުން ސަރުކާރުންނާއި، ކެންޑިޑޭޓުން މީޑިއާތަކަށް އިސްތިހާރު ގަތުމުގެ ބޭނުމުގައި ކަމަށް ބުނެ ގިނަ ފައިސާތަކެއްދިންކަން ފާހަގަކުރި އެވެ.

އިންތިހާބުގެ ދެވަނަ ބުރު ނިމުނުތާ ދެ ދުވަސް ފަހުން އީޔޫއިން ނެރުނު އިބްތިދާއީ ބަޔާނުގައި ވެސް އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރީ މީޑިއާތަކުގެ މިނިވަންކަން ކުޑަވުމާއި، ދޮގު ހަބަރު ފެތުރުމުގެ ކެމްޕޭނެއް ކުރިއަށް ގެންދިޔަކަން ފާހަގަކޮށެވެ.

އެކްސް/ޓުވިޓާ އަދި މެޓާގައި އެކައުންޓު ގެންގުޅޭ ކިތަންމެ ސޯޝަލް މީޑިއާ އިންފްލުއެންސަރުން ދޮގު މައުލޫމާތު ފަތުރައި، ޒާތީ ގޮތުން ބަހުގެ ހަމަލާދީ، ދެ ކެންޑިޑޭޓުންނާއި ދެކޮޅަށް ވެސް ހަގީގަތް ހޯދާފައިނުވާ ތުހުމަތުތައް ފަތުރާފައިވޭ،" އެ ބަޔާނުގައިވެ އެވެ.

"އޮންލައިންކޮށް ހިންގާ ނޫހެއް ކަމުގައިވާ ދިޔަރެސް އިން މިހާރު ހުންނެވި ރައީސްއާ ދެކޮޅަށް ރޭވިގެން ދޮގު މައުލޫމާތުގެ ކެމްޕެއިނެއް ހިންގާފައިވާކަން ފާހަގަ ކުރެވުނު." އީޔޫގެ ބަޔާނުގައި ވެ އެވެ.

ފޮރިން މިނިސްޓްރީއާއި އިލެކްޝަން ކޮމިޝަނުގެ ދައުވަތަކަށް އީޔޫއިން އިންތިހާބު އޮބްޒާވްކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިޔައީ، ޖުލައި 31 އިން އޮގަސްޓު 15ގެ ނިޔަލަށެވެ.

މުހިއްމު ބައެއް ހަބަރު

ސިޓީ ކައުންސިލްގައި ފުލުސް އޮފީހެއް ނުހިންގާނަން: އާޒިމް

އިންޑިއާ އައުޓް ކެމްޕެއިނުގައި ދޮގު މައުލޫމާތު ފެތުރި: އީޔޫ

ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ކެމްޕެއިން ބައްޓަންކޮށްފައި ވަނީ ވަރަށް ބޮޑަށް ވެސް އިންޑިއާއާ ދެކޮޅު ވާހަކަތަކާއި އެ ކަމުގައި ޖަޒުބާތުތަކެއް އާންމުންގެ ތެރޭގައި އުފެދޭ ގޮތަށް ދޮގު މައުލޫމާތު ވެސް ހިމަނައިގެން ކަމަށް އީޔޫގެ އިލެކްޝަން އޮބްޒަވޭޝަން ރިޕޯޓުގައި ބުނެފި.

ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި

މެޓް އޮފީހުގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޓްވީޓެއްގައި ބުނީ ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެ ކަމަށް ބެލެވެނީ ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑެއް ރާއްޖެ ހުރަސްކޮށް އަރަބި ކަނޑަށް ޖެހެމުންދާ ކަން ފެންނާތީ ކަމަށެވެ.

މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން 100 މިލިއަން ދެނީ

"ދިވެހި މަސް އޮޑިފަހަރަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 100 މިލިއަން ރުފިޔާ މާދަން ދައްކާ ގޮތަށް ވަނީ ހަމަޖެހިފަ. މި ފުރުސަތުގައި މަސްވެެރިންގެ ފަރާތުން މިފްކޯއަށް ދެއްވަމުން ގެންދަވާ އެއްބާރުލުމަށް ނިހާޔަތަށް ޝުކުރު ދަންނަވަން."

އަޒުލު ކުރާ ވާހަކަ އާޒިމް ދެއްކެވުމުން މަހުލޫފުގެ ރައްދެއް

ތިނަދޫ ކައުންސިލަށް ފީ ނުނެގޭނެ ކަމަށް އެލްޖީއޭއިން ނިންމައިފި

އެ މައްސަލަ އެލްޖީއޭއަށް ހުށަހެޅުމުން މިއަދު ވަނީ އެ އޮތޯރިޓީގެ ބޯޑު ބައްދަލުވުމެއް ބާއްވައިފަ އެވެ. އެ ބައްދަލުވުމުގައި ތިނަދޫ ކައުންސިލްގެ ނިންމުމަކީ ގާނޫނު އަސާސީއާ ފުށުއަރާ ނިންމުމެއް ގޮތަށް ކަނޑައަޅައި ނިންމުން ބާތިލް ކުރުމަށް ނިންމި އެވެ.

ކޭލަކުނު ޕްރޮޖެކްޓް ހުއްޓާލަން އިތުރު ޖަމިއްޔާތަކުން ގޮވާލައިފި

ފޮރެސްޓެއްގައި ހުންނަ ހުރިހާ ޝަރުތުތަކެއް ފުރިހަމަވާ ހަމައެކަނި ސަރަހައްދު އޮންނަ ރަށް ކަމުގައިވާ ހދ. ކޭލަކުނުގައި އިކޯ ޓޫރިޒަމް ތަރައްގީކުރުމުގެ ޕްރޮޖެކްޓެއް ހިންގާތީ އެކަމާ ދެކޮޅަށް ތިމާވެށި ހިމާޔަތް ކުރުމަށް ވަކާލާތުކުރާ ޖަމިއްޔާތަކުން ނުކުމެއްޖެ

މިއަހަރުގެ ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 21 ކެޓަގަރީއަކުން

މި އެވޯޑު ދޭނީ އާންމުންގެ ވޯޓު ހިމަނައިގެން ޖަޖުންގެ ޕެނަލަކުން ދޭ މާކްސްގެ މަށްޗަށް ބިނާކޮށްގެންނެވެ. މާކްސް ދޭއިރު މިދިޔަ އަހަރު ތެރޭގައި ވަޒީފާގެ ޒިންމާ އަދާކުރި ގޮތާއި ކާމިޔާބީ އަދި ކަސްޓަމަރުންގެ ފީޑްބެކްއަށް ބަލާނެ އެވެ.

ހުޅުމާލެއިން ދޫކުރި ގޯތިތައް މި މަސް ތެރޭ ހަވާލުކޮށް ނިންމަނީ

މިނިސްޓްރީން ބުނީ ހުޅުމާލެއިން ގޯތި ދޫކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވާ 700 މީހުންގެ ތެރެއިން 545 މީހުންނަށް ގޯތި ކަނޑާ, ހަވާލުކޮށްފައިވާ ކަމަށް. އަދި ބިން ސާފު ކުރެވޭހާ އަވަހަކަށް ދެން ތިބި މީހުންނަށް ވެސް ގޯތި ހަވާލު ކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް.

ދިރާސީ އަހަރު މެއި މަހު ފަށައި 10 މަހުން ނިންމަނީ

އެގޮތުން މެއި 26، ގައި ފަށާ މިއަހަރުގެ ދިރާސީ އައު އަހަރު އަންނަ ޑިސެމްބަރުގައި ނިންމައި، ދިރާސީ އަހަރުގެ ކިޔެވުން އަލުން އަނބުރާ ޖެނުއަރީ މަހު ފަށާ ގޮތަށް ބަދަލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފަ އެވެ.

ފަޒުލް އައްޔަން ކުރީ މިނިސްޓަރެއްގެ ފެންވަރުގައި

ޓީޗަރުން ހަމަނުވާތީ ބެލެނިވެރިން ގޮސް ދަނބިދޫ ސްކޫލް ބަންދުކޮށްފި

ފަޒީލް ވިދާޅުވީ ޓީޗަރުން މަދުވުމުގެ ޝަކުވާގެ އިތުރުން ސްކޫލު އިމާރާތް ވަރަށް ބޮޑަށް ހަލާކުވެފައިވާތީ, އެތަން މަރާމާތު ކުރުމަށް ވެސް ބެލެނިވެރިން ގޮވާލަމުންދާ ކަމަށް. އޭނާ ވިދާޅުވީ ސްކޫލުގެ ސީލިން ބޮލަށް ވެއްޓޭ ވަރަށް ހަލާކުވެފައިވާ ކަމަށް.

އަމީނީ މަގުގައި ތާރު އަޅައި ނިންމާލައިފި

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާއިން މިއަދު ވަނީ އެ މަގުގައި ތާރު އަޅާފައިވާ ފޮޓޯތަށް އާންމުކޮށްފަ އެވެ. މި ދެ ސެގްމެންޓުގެ މަސައްކަތް ފެށީ މިދިޔަ ޑިސެމްބަރު 9، ގަ އެވެ. އެގޮތުން މަސައްކަތް ނިންމާފައި ވަނީ އެއް މަސް ދުވަހުގެ ތެރޭގަ އެވެ.

އެއާޕޯޓުތަކަށް ފައިސާ ހޯދަން ވެވުނު 7 އެއްބަސްވުމެއް ބާތިލުކުރަނީ

މި ފަރާތްތަކަށް ފައިސާ ދޭން ދީފައިވާ މުއްދަތު ހަމަވަނީ މި މަހު 20 ގައި.

މާލޭގައި ރަޖިސްޓްރީކުރާ ވެހިކަލުގެ އަދަދު 200 އިން 20 އަށް

މިއަދު އާބަން ޓްރާންސްޕޯޓް މާސްޓާ ޕްލޭން އިފްތިތާހުކުރުމަށް ފަހު މިނިސްޓަރު އަމީން ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައި އިރު ދުވާލަކު 200 ވެހިކަލު މާލެއަށް ރަޖިސްޓްރީކުރެވޭ ކަމަށެވެ. މިހާރު ދުވާލަކަށް މާލޭގައި ރަޖިސްޓްރީކުރާ ވެހިކަލުގެ އަދަދަކީ 20-25 ކަމަށް ވިދާޅުވި އެވެ.

އެފްޓީއޭގެ ދަށުން ޗައިނާއަށް މަސް ބޭރު ކުރުމަކީ އަމާޒެއް: ރައީސް

"ފްރީ ޓްރޭޑް އެގްރިމެންޓުގެ ދަށުން ދިވެހި މަސް ޗައިނާއަށް އެކްސްޕޯޓު ކުރަން އަޅުގަނޑުމެން ވަރަށް ބޮޑަށް އިސްކަންދޭނަން. ފްރީ ޓްރޭޑް އެގްރިމެންޓު ވީހާ ވެސް އަވަހަކަށް ތަންފީޒު ކުރަން މި ސަރުކާރުން މި އޮތީ ތައްޔާރަށް،" ރައީސް ވިދާޅުވި އެވެ.

"ތަރައްގީގައި ޗައިނާ ވާނީ ރާއްޖޭގެ އެންމެ ގާތް ބައިވެރިޔާއަށް"

"އަޅުގަނޑުމެންނަށް އެއްވެސް ޝައްކެއް ނެތް ޗައިނާ ވާނީ ތަރައްގީގައި އަޅުގަނޑުމެންގެ އެންމެ ގާތް ބައިވެރިޔާއަށް ކަމާ މެދު،" ރައީސް ވިދާޅުވި އެވެ.