އިންޑިއާ އައުޓް ކެމްޕެއިނުގައި ދޮގު މައުލޫމާތު ފެތުރި: އީޔޫ ރިޕޯޓް

9 ޖަނަވަރީ 2024 - 16:50 1

މުހައްމަދު އުޝާމް

މ

ޕީއެންސީ ޕީޕީއެމް އިދިކޮޅުގައި އޮވެގެން ހިންގި އިންޑިއާ އައުޓް ހަރަކާތުގެ ހިނގާލުމެއް: އީޔޫގެ ރިޕޯޓުގައި ޕީއެންސީގެ މުޅި ކެމްޕެއިން ބޮޑަށް އަމާޒުކުރީ އިންޑިއާއާ ދެކޮޅު ޖަޒުބާތެއް އުފެއްދައިގެން ކަމަށް


އިންޑިއާ އައުޓް ކެމްޕެއިނުގައި ދޮގު މައުލޫމާތު ފެތުރި: އީޔޫ ރިޕޯޓް

9 ޖަނަވަރީ 2024 - 16:50 1

ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ކެމްޕެއިން ބައްޓަންކޮށްފައި ވަނީ ވަރަށް ބޮޑަށް އިންޑިއާއާ ދެކޮޅު ވާހަކަތަކަށް ކަމަށާއި އެ މައުލޫގައި ޖަޒުބާތުތަކެއް އާންމުންގެ ތެރޭގައި އުފެދޭ ގޮތަށް ދޮގު މައުލޫމާތު ވެސް ފެތުރި ކަމަށް ޔޫރަޕިއަން ޔުނިއަން (އީޔޫ) ގެ އިލެކްޝަން އޮބްޒަވޭޝަން ރިޕޯޓުގައި ބުނެފި އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު ނުވައެއް އަދި 30 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ދެބުރުގެ ކަންކަން އޮބްޒާވްކުރުމުގެ މިޝަން ނިންމައި، އާންމުކުރި ފައިނަލް ރިޕޯޓުގައި ބުނެފައިވަނީ ޕީއެންސީގެ ކެމްޕެއިނުގައި ވަރަށް ބޮޑަށް އިންޑިއާގެ ނުފޫޒު ރާއްޖޭގައި ގަދަކަން ދެއްކުމުގެ ގޮތުގައި އެކި ވާހަކަ ފަތުރާފައިވާ ކަމަށެވެ.

"ޕީއެންސީގެ ކެމްޕެއިނުގައި އެންޓި އިންޑިއާ ސެންޓިމެންޓް، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ސަބަބުން އިންޑިއާގެ ނުފޫޒު ގަދަވާ ކަމަށް ބުނެ ބިރުވެރިކަން އާންމުންގެ ތެރޭގައި އުފައްދަން މަސައްކަތްކޮށްފައިވޭ. މި ކެމްޕެއިނުގައި ސައްހަ ނޫން މައުލޫމާތުތައް ވެސް ފެތުރި،" އީޔޫގެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ޓުވިޓާ އަދި ފޭސްބުކްގައި ހިންގި ކިތަންމެ އެކައުންޓަކުން ދޮގު މައުލޫމާތު ފެތުރުމުގައި ބައިވެރިވި ކަމަށް އީޔޫއިން ބުންޏެވެ. އަދި "ދިޔަރެސް" ނޫހުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެކޮޅަށް "ރޭވިގެން ދޮގު މައުލޫމާތުގެ ކެމްޕެއިނެއް" ހިންގި ކަމަށް ވެސް އީޔޫއިން ބުނެފައިވެ އެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު އެއް ރިޔާސީ ވައުދަކީ އިންޑިއާ ސިފައިން ރާއްޖޭން ފޮނުވައިލުމެވެ. އެ ކަން އަދި ކުރެވިފައި ނުވާއިރު، އިންޑިއާ ސިފައިން ފޮނުވާލަން ޑިޕްލޮމެޓިކް ޗެނަލްތައް މެދުވެރިކޮށް އިންޑިއާ ސަރުކާރާ އެކު މަޝްވަރާ ކުރަމުންދާ ކަމަށް ދިވެހި ސަރުކާރުން ބުނެފައިވެ އެވެ.

އިންޑިއާ ސިފައިން ތިބުމުގެ އިތުރަށް، ކުރީގެ ރައީސް ސޯލިހުގެ ސަރުކާރުން އިންޑިއާ ސަރުކާރާ އެކު ގާއިމުކޮށްފައިވާ އަސްކަރީ އެހީތެރިކަން ހޯދުމުގެ އެއްބަސްވުންތަކުގައި ދިވެހި ގައުމުގެ މިނިވަން ކަމަށް އަސަރު ކުރާނެ އެތައް ކަމެއް ހިމެނޭ ކަމަށް އޭރު ޕީއެންސީ އިދިކޮޅުގައި އޮވެ ތުހުމަތު ކުރަމުން ދިޔަ އެވެ. ނަމަވެސް އޭރުގައި ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރުން ވެސް އެ ކަން ދޮގުކޮށްފައިވެ އެވެ.

66.67%

0.00%

0.00%

33.33%

މި ލިޔުން ކިޔާލުމުން


ގޮދާ ހަސަނު

about 1 year ago

މިވަރުގެ ބޮޑެތި ދޮގުމައުލޫމާތު ދީގެން ރައްޔިތުންނަށް މިހާބޮޑު އޮޅުވާލުމެއް ގެ ތެރެއިން ވެރިކަމަށް އައުން މީ އެކަން ކުރިބަޔަކު ޒިންމާ ނަގަން ޖެހޭނެ ކަމެއް ކަމުގައި ދެކެން، ރައްޔިތުން މަޖިލީހުގެ ދައުރެއް މިކަމުގައި އޮންނަންޖެހޭ، ނޫނީ މާދަން މިޔައްވުރެ ނުރައްކާތެރި ގޮތަކައްވެސް އެހެން ބަޔަކު އަތުވެދާނެ.