Advertisement

ޓީޗަރުން ހަމަނުކޮށް ކިޔަވައިދޭތީ ބެލެނިވެރިން ނުކުމެ ދަނބިދޫ ސްކޫލު ބަންދުކޮށްފި

9 ޖަނަވަރީ 2024 - 08:12 2

ނިމާ ހަސަން

ނ

Advertisement

ދަނބިދޫ ސްކޫލުގެ ބެލެނިވެރިން ނިކުމެ, ސްކޫލު ކުރިމަތީ އިހުތިޖާޖު ކުރަނީ -- ފޮޓޯ: ފަޒީލް


ޓީޗަރުން ހަމަނުކޮށް ކިޔަވައިދޭތީ ބެލެނިވެރިން ނުކުމެ ދަނބިދޫ ސްކޫލު ބަންދުކޮށްފި

9 ޖަނަވަރީ 2024 - 08:12 2

Advertisement

Advertisement

ޓީޗަރުން ހަމަނުކޮށް, ސްކޫލުގެ ކިޔެވުން ފެށުމުން ބެލެނިވެރިން ނުކުމެ ލ. ދަނބިދޫ ސްކޫލު ބަންދުކޮށްފި އެވެ.

ދަނބިދޫ ކައުންސިލުގެ ނައިބު ރައީސް ހުސެއިން ފަޒީލް ވިދާޅުވީ, ބެލެނިވެރިން ނުކުމެ ސްކޫލު ބަންދު ކުރިއިރު, އެ ސްކޫލުގައި ކިޔަވައި ދެމުން ދަނީ ޓީޗަރުން ހަމަނުކޮށް ކަމަށާއި ކްލާސް ޓީޗަރު ހަތަރެއް ނުވަތަ ފަސް މާއްދާ ކިޔަވައިދެމުންދާ ކަމަށެވެ.

Advertisement

"ކްލާސް ޓީޗަރު ހަތަރު، ފަސް މާއްދާ ކިޔަވައިދެނީ. ދެން އެ ޓީޗަރު ބަލި ވެއްޖެ ދުވަހެއް ވެއްޖިއްޔާ އެ ހުރިހާ މާއްދާއެއް އެ ދުވަހު ނުކިޔަވާ،" ފަޒީލް ވިދާޅުވި އެވެ.

ފަޒީލް ވިދާޅުވީ ޓީޗަރުން މަދުވުމުގެ ޝަކުވާގެ އިތުރުން ސްކޫލު އިމާރާތް ވަރަށް ބޮޑަށް ހަލާކުވެފައިވާތީ, އެތަން މަރާމާތު ކުރުމަށް ވެސް ބެލެނިވެރިން ގޮވާލަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ ސްކޫލުގެ ސީލިންގު ބޮލަށް ވެއްޓޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ.

ފަޒީލް ވިދާޅުވީ ސްކޫލުގެ މަރާމާތުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައިވާކަން އެޑިއުކޭޝަން މިނިސްޓްރީން އަންގާފައިވާ ކަމަށެވެ. އަދި މިނިސްޓްރީގެ އޮފިޝަލަކު މާދަމާ އެ ރަށަށް ދާން ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

Advertisement

75.00%

0.00%

0.00%

25.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ޗައިނާ މޯލްޑިވްސް

about 1 year ago

ތީ އޭރުވެސް ދެއްކި ވާހަކަ. ޢަބަދުވެސް އިންތިހާބުތަކުގަ ކަނޑާނީ ފޮނި. ޥާނެ ކަމެއް ނޯންނާނެ. މިއަދު ތިއަޑުއަހާނެ މީހަކު ނުހުންނާނެ. ދެންވެސް މަޖްލިސް އިންތިހާބުގެ ހޭލާ. ޙަމަ ބަޔަކު އައިސް ދައްކާ ވާހަކަ އަކަށް ވޯޓް ދޫކޮށްނުލާ

ފުށިދިއްގަރުދިޔަ

about 1 year ago

މޫނު ފޮރުވުމުގެ ބޭނުމެއް ނެތް ކަލޭނޭ. ވިޔާނުދާކަމުގެ އިންތިހާ ތިޔައީ. އިނގިއްޖެ؟