Advertisement

ރާއްޖޭގެ ގުދުރަތީ ރީތިކަމާއި އަމިއްލަވަންތަ ސަގާފަތް އިޝްތިހާރު ކުރުމަށް "އަަދަދު" އިން ފޮޓޯ މުބާރާތެއް ފަށައިފި

11 ޖަނަވަރީ 2024 - 15:06 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


ރާއްޖޭގެ ގުދުރަތީ ރީތިކަމާއި އަމިއްލަވަންތަ ސަގާފަތް އިޝްތިހާރު ކުރުމަށް "އަަދަދު" އިން ފޮޓޯ މުބާރާތެއް ފަށައިފި

11 ޖަނަވަރީ 2024 - 15:06 0

ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަމާއި އަމިއްލަވަންތަ ސަގާފަތް އިޝްތިހާރު ކުރުމަށް "އަދަދު" ނޫހުން އިންތިޒާމުކޮށްގެން ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި ފޮޓޯ މުބާރާތެއް ފަށައިފި އެވެ.

މުބާރާތް ކުރިއަށް ގެންދިއުމަށް "އަދަދު" އިން ނިންމާފައި ވަނީ ދެ ތީމްއަކަށް ބަހާލައިގެންނެވެ. އެގޮތުން އެކްސްގައި ކުރިއަށް ގެންދާ ފޮޓޯ މުބާރާތުގެ ތީމްއަކީ ރާއްޖޭގެ އަމިއްލަވަންތަ ސަގާފަތެވެ. އިންސްޓަގްރާމުގައި ކުރިއަށް ގެންދާ ފޮޓޯ މުބާރާތުގެ ތީމްއަކީ ރާއްޖޭގެ ގުދުރަތީ ރީތިކަމެވެ.

"އަދަދު" ގެ ސީއީއޯ، ހުސެއިން ފިޔާޒް މޫސާ ވިދާޅުވީ މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ ރާއްޖޭގެ ރީތިކަމާއި އަމިއްލަވަންތަކަން މުޅި ދުނިޔެއަށް އިޝްތިހާރު ކުރުން ކަމަށާއި މިއީ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް ލިބޭނެ ބާރެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"މި މުބާރާތުގެ ބޭނުމަކީ ދުނިޔެއަށް ރާއްޖެ މިހާރަށްވުރެ ވެސް ބޮޑަށް މާކެޓު ކުރުން، މިއީ ފަތުރުވެރިކަން ކުރިއަރައި ދިއުމަށް އޮތް އިތުރު ބާރަކަށް ވާނެ،" ފިޔާޒް ވިދާޅުވި އެވެ.

މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިއަދުން ފެށިގެން މިމަހުގެ ނިޔަލަށް އެ ޕްލެޓްފޯމުތަކުގައި ފޮޓޯ ހިއްސާ ކުރަމުން ގެންދެވޭނެ އެވެ. އެމީހެއްގެ ސޯޝަލް މީޑިއާ އެކައުންޓުން ފޮޓޯއެއް އަޕްލޯޑު ކުރުމަށްފަހު #MesmerisingMaldives އަދި #VisitMaldives ހޭޝްޓެގު ޖެހުމަށްފަހު އެ ޕޯސްޓުގައި "އަދަދު" އިންސްޓަގުރާމް އެކައުންޓު ނުވަތަ އެކްސް އެކައުންޓު ޓެގު ކުރުމުން މުބާރާތުގައި ބައިވެރިވެވުނީ އެވެ. އެ ޕޯސްޓުގައި ފޮޓޯއިން ފެންނަ ތަނަކާއި ކަމެއް އެނގޭނެހެން ކެޕްޝަނެއް ލިޔަންވާނެ އެވެ.

ވަނަ ހޮވުމުގައި ބަލާނީ އެކްސްގައި ނަމަ އެންމެ ގިނަ ރީޕޯސްޓު ލިބޭ ތިން ފޮޓޯއަށެވެ. އިންސްޓަގްރާމުގައި ބަލާނީ އެންމެ ގިނަ ރިއެކްޝަން ލިބޭ ތިން ފޮޓޯއަށެވެ. އެއްވަނައަށް "އަދަދު" އިން ހުށަހަޅާފައި ވަނީ 10,000ރ. އެވެ. ދެވަނައަށް 5000ރ، ހުށަހަޅާފައި ވާއިރު، ތިންވަނައަށް ހުށަހަޅާފައި ވަނީ 3000ރ. އެވެ. އިންސްޓަގުރާމް އަދި އެކްސްގައި ވެސް ހިއްސާ ކުރާ ފޮޓޯތައް އިންސާފު ކުރާނީ ވަކި ދެ މުބާރާތެއްގެ ގޮތުގަ އެވެ.

މުބާރާތުގެ ޝަރުތުތައް

  • މުބާރާތައް ހުށަހަޅާ ފޮޓޯއަކީ އެމީހަކު އަމިއްލައަށް ނަގާފައިވާ އަސްލު ފޮޓޯއެއް ކަމުގައިވުން
  • މުބާރާތައް ހުށަހަޅާ ފޮޓޯއަކީ އާންމު މިންގަނޑަށް ފެތޭ، ރާއްޖޭގެ ފޮޓޯއަކަށްވުން

މި މުބާރާތުގައި ދުނިޔޭގެ ކޮންމެ ގައުމެއްގެ ރައްޔިތަކަށް ވެސް ބައިވެރިވެވޭނެ އެވެ. އަދި ބައިވެރިވާ ފަރާތަކުން އެއް ފޮޓޯއަށްވުރެ ގިނަ ފޮޓޯ ވެސް ވަކިވަކި ޕޯސްޓުތަކުގެ ގޮތުގައި ހިއްސާ ކުރެވޭނެ އެވެ.