Advertisement

ގައިދީން އެހެން ޖަލަކަށް ބަދަލުކުރުމަށް ފަހު މާލޭ ޖަލު ބަންދުކޮށްފި

6 ޖަނަވަރީ 2024 - 15:55 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ގައިދީން އެހެން ޖަލަކަށް ބަދަލުކުރުމަށް ފަހު މާލޭ ޖަލު ބަންދުކޮށްފި

6 ޖަނަވަރީ 2024 - 15:55 0

މާލޭ ޖަލުގައި ތިބި ގައިދީން އެހެން ޖަލަކަށް ބަދަލު ކުރުމަށް ފަހު މިއަދުން ފެށިގެން އެ ޖަލު ބަންދުކޮށްފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ހާމަކޮށްފި އެވެ.

މާލޭ ޖަލު ހުސްކުރުމަށް އެ ޖަލުގައި ތިބި ގައިދީން ބަދަލުކުރާނީ މާފުށީ ޖަލަށާއި އައްސޭރި ޖަލަށް ކަމަށް މީގެކުރިން ސަރުކާރުން ހާމަކޮށްފައިވެ އެވެ.

"ސަރުކާރުން މި ޖަލު ބަންދުކުރަން ނިންމީ މި ޖަލާ ޖެހިގެން ކުރީ ސަރުކާރުން އިމާރާތްކޮށްފައިވާ ދަރުމަވަންތަ ސްކޫލުގެ ދަރިވަރުންނަށް އެތަނުގައި ޖަލެއް ހުރުމުގެ ސަބަބުން ނުރަނގަޅު އަސަރު ކުރަމުން އަންނާތީ ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރުމަށް ފަހު," ކަރެކްޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ޖަލު ބަންދުކުރި ނަމަވެސް ޖަލުގެ ކައުންޓަރުން ފޯރުކޮށްދެމުންދިޔަ ހިދުމަތްތައް ޖެނުއަރީ 12, ގެ ނިޔަލަށް ލިބޭނެ ކަމަށް ވެސް ކަރެކްޝަނުން ހާމަކޮށްފައިވެ އެވެ.

މާލޭ ޖަލު ހުޅުވީ ޖެނުއަރީ 17, 2008 ގަ އެވެ.